ބ. ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފި

ބ. ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހަށް ކުއްޔަށް ދޫކޮށްފި

ގުޅުންހުރި

ބ.ވިލިގިލިފަރު ފިނޮޅު 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފިއެވެ.

މިފިނޮޅު ކުއްޔަށް ދޫކޮށްފައިވަނީ 10 އަހަރަށް ފިނޮޅު ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން މއ.ފްރީޕާކް މުހްދިން އާމިރު އަށެވެ.

އޭނާއަށް ފިނޮޅު ދޫކޮށްފައިވަނީ 01 މެއި 2024 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށެވެ.

ވިލިގިލިފަރު ފިނޮޅުގެ އިތުރުން، ނުރައުފުރިފަރު ފިނޮޅާއި، ގިރާވަރު ފިނޮޅު 01 (އިރުމަތީ ފިނޮޅު) އަދި ގިރާވަރު ފިނޮޅު 02 (ހުޅަނގު ފިނޮޅު) ކުއްޔަށް ދިނުމަށް ވެސް އެ ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ. މި ހަތަރު ފިނޮޅު ވަގުތީގޮތުން ބެލެހެއްޓުމަށް 2022ވަނަ އަހަރުވެސް ތިން ފަރާތަކާއި ހަވާލުކުރިއެވެ. އެ ކައުންސިލުން ބުނިގޮތުގައި އެއް އަހަރު ދުވަހުގެ ނިޔަލަށް އެ ފިނޮޅުތައް ބެލެހެއްޓުމަށް ހަވާލުކުރީ ލަނޑާގިރާވަރު ޕްރައިވެޓް ލިމިޓެޑަށާއި ތިލަދޫ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އަދި އެމްޕަޔަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށެވެ.

ގިރާވަރު ދެ ފިނޮޅު ބެލެހެއްޓުމަށް ލަނޑާގިރާވަރު ރިސޯޓާ ހަވާލުކުރީ 1.8 މިލިއަން ރުފިޔާއަށެވެ. ވިލިގިލިފަރު ފިނޮޅު 360،000 އަށް އެމްޕަޔާ އިންވެސްޓްމަންޓާ ހަވާޅުކުރިއިރު ނުރައުފުރިފަރު ތިލަދޫ ރިސޯޓްސްއާ ހަވާލުކުރީ 127،492.56 ރުފިޔާ އަށެވެ. މި 4 ފިނޮޅު ކުއްޔަށް ދީގެން މީގެ ކުރިން އަހަރަކު 2.4 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ