ލޯބިވެރިއާގެ ފިލްމް އަކަށް ޝްރައްދާ ތައްޔާރު ވަނީ

ލޯބިވެރިއާގެ ފިލްމް އަކަށް ޝްރައްދާ ތައްޔާރު ވަނީ

Author
ފާތިމަތު ނާވީ
06 މެއި 2024 10:14
0

ބޮލީވުޑްގެ ރީތި ބަތަލާ ޝަރައްދާ ކަޕޫރު ލޯބިވެރިޔާ ރާހުލް މޯދީ އަލަށް ޕްރޮޑިއުސްކުރާ ފިލްމެއް ކުޅެން މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝްރައްދާ އާއި ރާހުލް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާއިން ބުނަން ފެށި މި ފަހުން އެމީހުން އެކުގައި އިންޑިއާގެ މަހުޖަނު އަންބާނީ ގެ ހަގު ދަރިފުޅު އަނަންތު އަންބާނީގެ ކައިވެނީގެ ސެރޮމޮނީއެއް ގައި ބައިވެރި ވުމާއި އެކުގައިއެވެ.

މީޑިއާއިން އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތޯ ކުރި ސުވާލަށް ޝަރައްދާ ޖަވާބު ދީފައިއެއް ނުވެއެވެ. ނަމަވެސް ފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކައިވެނު ކުރާ ހިތްވާ ކަމަށެވެ.

 

View this post on Instagram

 

A post shared by Shraddha ✶ (@shraddhakapoor)

މި ޕްރޮޖެކްޓާ ގުޅުން ހުރި ގިނަ މަސައްކަތްތަކެއް މިހާރު ކުރިއަށްދާ ކަމަށާއި އޭގައި ޝްރަދާ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓތަށް ބުނެއެވެ. ރާހުލް އަކީ މިދިޔަ އަހަރު ރިލީޒްކުރި ޝްރަދާ އާއި ރަންބީރް ކަޕޫރްގެ ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރު" ގެ އެއް ސްކްރީން ރައިޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.