"ޝައިތާން" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

"ޝައިތާން" މިހާރު ނެޓްފްލިކްސް އިން ބަލާލެވޭނެ

Author
ފާތިމަތު ނާވީ
05 މެއި 2024 04:18
0

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިއަ ސުޕަނެޗްރަލް ތުރިލާ ފިލްމް "ޝަިއތާން" ނެޓްފްލިކްސް އިން ޕްރީމިއާކޮށްފި އެވެ.

މި ފިލްމް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ. މިދިއަ މާޗް މަހުގައި ރިލީޒް ކުރި މި ފިލްމް އަކީ ޖުމްލަ 65 ކްރޯޑް (8 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޝައިތާން" އަށް ބޮކްސް އޮފީހުގައި 211.06 ކްރޯޑް ރުޕީސް (25.3 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

ނޭވާ ހިފަހައްޓާކަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އުންމީދު ކުރި ގޮތަށް މި ފިލްމް ވެގެން ގޮސްފައިވަނީ ކާމިޔާބު ފިލްމް އަކަށެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

މަޝްހޫރު އެކްޓަރު އަޖޭގެ އިތުރުން މި ފިލްމް ގެ ކާސްޓުން ދެން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު އާރް މާދަވަން އެވެ. އަދި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ އަދި އެކްޓާ ސޫރިއާގެ އަންހެނުން ޖަޔޮތިކާވެސް ފެނިގެން ދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.