ރާޖް އާއި ތްރިޕްތީ ގެ ފިލްމް ގެ ޝޫޓީންގ ނިމުމަކަށް

ރާޖް އާއި ތްރިޕްތީ ގެ ފިލްމް ގެ ޝޫޓީންގ ނިމުމަކަށް

Author
ފާތިމަތު ނާވީ
04 މެއި 2024 04:29
0

ރާޖްކުމާރު ރާއޯ އާއި ޓްރިޕްތީ ދިމްރީގެ އަލަތު ފިލްމު "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގެ ޝޫޓިން ނިންމާލައިފި އެވެ.

މި ފިލްމްގެ ޝޫޓިން ފަށައިފައިވަނީ މިދިއަ އަހަރު ގެ މެދުތެރޭ ހިސާބުގައިއެވެ. "ވިކީ ވިދިއާ ކާ ވޯ ވާލާ ވީޑިއޯ" ގައި ދައްކުވައި ދޭނީ 90 ގެ އަހަރުތަކުގެ ހެއްވާ މަޖާ ހާދިސާތަކެކެވެ.

މިދިޔަ އަހަރު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" ގައި ކުޅުނު ރޯލުން ބޮޑު މަޝްހޫރު ކަމެއް ލިބުނު ތްރިޕްތީ އަށް އަންނަނީ ގިނަ އޮފާތަކެއް ލިބެމުންނެވެ. އެގޮތުން މިހާރު ވެސް ބޮޑެތި ޕްރޮޖެކްޓް ތަކެއް އޭނާގެ އަތުގައި އެބަހުއްޓެވެ.

އަންނަ މަހު ރާޖްގެ ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ބައޮގްރަފިކަލް ފިލްމު "ސްރީކާންތު" ރޮމޭންޓިކް ސްޕޯޓްސް ޑްރާމާ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

މި ފިލްމަކީ އެކްތާ ކަޕޫރާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ލިޔެ ޑައިރެކްޓްކޮށްދޭ މަސާލާ އެންޓައިޓައިނާއެކެވެ. ރާޖް އަކީ އަޔޫޝްމަން ކްރާނާ އެކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ޑްރީމް ގާލް" ގެ ދެ ފިލްމު ގެނެސްދިން ޑައިރެކްޓަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.