އަނޫޕަމާ ބީޖޭޕީ އަށް ސޮއިކޮށްފި

އަނޫޕަމާ ބީޖޭޕީ އަށް ސޮއިކޮށްފި

Author
ފާތިމަތު ނާވީ
04 މެއި 2024 02:01
0

އާންމުންގެ މެދުގައި މަޝްހޫރު ޓީވީ ސިލްސިލާ ޑްރާމާ "އަނުޕަމާ" ގައި ޓައިޓްލް ރޯލު ކުޅެމުން އަންނަ ބަތަލާ ރުޕާލީ ގަންގޫލީ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ އަށް ސޮއިކޮށްފި އެވެ.

ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އެންމެ ގިނަ މީހުން ބަލާ އެއް ޑްރާމާގެ ގޮތުގައި "އަނުޕަމާ" އޮތް އިރުގައި، ރުޕާލީ ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ ފެވާރިޓް އަކަށެވެ. ނިއު ދިއްލީގައި ހުންނަ ބީޖޭޕީގެ ހެޑްކުއާޓަރުގައި އޭނަ އެ ޕާޓީ އަށް ސޮއިކުރީ މިދިޔަ ބުދަ ދުވަހުގައިއެވެ.

މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރުން ކަމަށްވާ ވިނޯދު ތައުޑޭ އާއި އަނިލް ބަލޫނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސޯޝަލް މީީޑިއާގައި އޭނާ ވަނީ ފޮޓޯތަށް ހިއްސާ ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Rups (@rupaliganguly)

ރުޕާލީ ބުނީ އިންޑިއާ ބޭނުން ވަނީ މޯދީ ކަހަލަ ވެރިއެއް ކަމަށާއި އެފަދަ ވެރިއަކު ގައުމު ހިންގެވުމުގައި ހުންނެވުމަކީ އިންޑިއާގެ ހުރިހާ ރައްޔިތުން ފަހުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ.

އަންނަ މަހުގެ 1 ގައި ނިންމާ ގޮތަށް ކުރިއަށްދާ އިންތިހާބު ވާނީ މޯދީ އަށް ވެރިކަމުގެ ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ސާފުވާނެ އިންތިހާބަކަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.