ލަކްސްގެ އެމްބަސެޑަރަކަށް ސުހާނާ

ލަކްސްގެ އެމްބަސެޑަރަކަށް ސުހާނާ

Author
ފާތިމަތު ނާވީ
03 މެއި 2024 09:49
0

ބޮލީވުޑްގެ މަޝްހޫރ އެކްޓަރު ޝާހުރުކް ހާން ގެ ދަރިފުޅު ސުހާނާ ހާން މަޝްހޫރު ސްކިން ކެއާ ބްރޭންޑް "ލަކްސް"ގެ އެމްބަސެޑަރަކަށް ހަމަ ޖައްސައިފައިއެވެ.

ބޮލީވުޑް ފިލްމު "އާޗީސް" އިން ފިލްމީ ދާއިރާ އަށް ތައާރަފުވި ސުހާނާ އަށް މި ބޮޑު ފުރުސަތު ލިބުމުން އޭނާގެ ކެރިއަރުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ކަމަށް މީޑިއާ ރިޕޯޓަށް އަންނަނީ ބުނަމުންނެވެ.

ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ގިނަ ފަންނާނުން ވަނީ ލަކްސް ބްރޭންޑުގެ އެކި އިޝްތިހާރުތަކުގައި މަސައްކަތް ކޮށްފަ އެވެ. ޒުވާން އަދި މާބޮޑު މަގުބޫލު ކަމެއް ނުލިބޭ ސުހާނާ އަށް އެމްބެސަޑަރުކަން ލިބުން އިރުގައި ފާހަގަ ކޮށްލެވޭ ކަމަކީ އޭނާގެ ބައްޕަ ވެސް މީގެ ކުރިން އެތައް ފަހަރެއްގައި ލަކްސްގެ އެމްބަސެޑަރުކަން ކޮށްފައިވާ ކަމެވެ.

 

View this post on Instagram

 

A post shared by Suhana Khan (@suhanakhan2)

ސުހާނާ ބޮލީވުޑް އަށް ތައާރަފްވި ފިލްމް އަކީ މިދިއަ އަހަރު ގެނެސްދިން އަދި ގިނަ ސްޓާ ކިޑުން ތަކެއް ތައާރަފްކުރި ފިލްމް "ދަ އާޗީސް" އެވެ. އޭނާ ގެ ކުރިއަށް އޮތް ފިލްމް އަކީ ބައްޕަ ޝާހު އާއި އެކުގައި ކުޅުމަށް ހަމަޖެހިފައިވާ ފިލްމް "ދަ ކިންގް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.