ލޯންޗު ވަގަށް ނެގި ކުއްޖާ އާއިލާއާ ހަވާލުކޮށްފި

ލޯންޗު ވަގަށް ނެގި ކުއްޖާ އާއިލާއާ ހަވާލުކޮށްފި

Author
އަހުމަދު
02 މެއި 2024 01:14
0

މ. އަތޮޅުގެ ރަށަކުން ލޯންޗެއް ވަގަށް ނަގައިގެން ހުޅުމާލެ އައި ކުޑަ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ސިނަމަން ހަކުރާ ރިސޯޓު ލޯންޗެއް ވަގަށް ނަގައިގެން އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާ ގާތަށް ގޮސްފައި ވަނީ ލޯބިވެރިޔާ "އަނިޔާއިން ސަލާމަތް ކުރުމަށް" ކަމަށް ބުނެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލޯންޗުގައި މާލެ އައި ފިރިހެން ކުއްޖާ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ރަށުގެ ބަނދަރުގައި އަޅާފައި އޮތް ރިސޯޓެއްގެ ލޯންޗެއް ވަގަށް ނަގައިގެން ކުޑަ ފިރިހެން ކުއްޖާ އެކަނި މާލެ އައިސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރެވެ. އަދި ރޭގެ ވަގުތެއްގައި އެ ފިރިހެން ކުއްޖާ އާއި އެ ކުއްޖާގެ ލޯބިވެރިޔާ ވެސް ވަނީ ހޯދައިފައެވެ.

ލޯބިވެރިޔާގެ އުމުރުން ވާނީ އެންމެ 13 އަހަރު ކަމަށްވެއެވެ.

މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.