އައްޑޫ ސިޓީގެ ހިންގި ސްޕާއަކުން 5 މީހަކު ހައްޔަރު ކުރި

އައްޑޫ ސިޓީގެ ހިންގި ސްޕާއަކުން 5 މީހަކު ހައްޔަރު ކުރި

Author
އަހުމަދު
02 މެއި 2024 12:59
0

އައްޑޫ ސިޓީގައި ހިންގި ސްޕާއަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެ ތަން ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެފައިވެއެވެ. މި މައްސަލައިގައި ހައްޔަރު ކުރި ތިން އަންހެނުންނަކީ ތައިލެންޑްގެ ބައެކެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.