"ކިންގް" ގައި ޝާހުރުކް ފެންނާނީ ނެގެޓިވް ރޯލަކުން

"ކިންގް" ގައި ޝާހުރުކް ފެންނާނީ ނެގެޓިވް ރޯލަކުން

Author
ފާތިމަތު ނާވީ
30 އޭޕްރިލް 2024 04:52
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ހާން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމް " ދަ ކިންގް" އޭނަ ކުޅޭނީ ނެގަޓިވް ރޯލެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ދަރިފުޅު ސުހާނާ ޚާން ވެސް ވަރުގަދަ ރޯލެއް ކުޅޭ މި އެކްޝަން ތުރިލާގައި ޝާހްރުކް ކުޅޭ ކެރެކްޓާ އަކީ ގްރޭ ޝޭޑްސް އެކުލެވޭ ވަރަށް ޝައުގުވެރި ކެރެކްޓާއެއް ކަމަށެވެ.

މިފަދަ ރޯލުތަކެއް އޭނަ މީގެ ކުރިން ވެސް ވަނީ ކުޅެފައިވެ އެވެ. އޭގެ ތެރޭގައި އޭނާގެ މަޝްހޫރު ފިލްމް "ޑޮން" ގެ ދެ ފިލްމާއި "ބާޒީގަރު" އާއި "ޑަރް" އާއި "އަންޖާމް" އަދި "ރައީސް" ހިމެނެ އެވެ. މި ފިލްމް ތަކުގައި އޭނާ ފެނިގެންދިއައީ އެފަދަ ރޯލު ތަކުންނެވެ.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

މި އެކްޝަން ތުރިލާ އަކީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދާއި ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ހަދާ އެއްޗެކެވެ.

އަދި މީގެ ޑައިރެކްޓަރަކީ މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ޕްރީމިއާކުރި ކަރީނާ ކަޕޫރްގެ "ޖާނޭ ޖާ" ގެ ޑައިރެކްޓަރު ސުޖޯއި ގޯޝް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.