ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ވަނީ ނިންމަވާފަ

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ވަނީ ނިންމަވާފަ

Author
ހުސެއިން
29 އޭޕްރިލް 2024 11:43
0

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ގެންދަމުންދާ "އަހާ" ފޯރަމްގައި ވަޒީރު ޑރ މަރްޔަމް މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ސްޓޫޑެންޓް ލޯނުގެ ކަންކަން ވީހާވެސް ފަސޭހަކޮށްދީ، މަތީ ތަޢުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހުރި ދަތިތަކަށް ހައްލު ހޯދައިދިނުންކަމަށެވެ.

އެގޮތުން ސްޓޫޑެންޓް ލޯނަށް މި ފަހަރު ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދޫކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން މި ފޯރަމްގެ ތެރެއިން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.

"މިވަގުތު އަޅުގަނޑުމެން މި ދަނީ ސްޓޫޑެންޓް ލޯނުގެ ޕްރޮސެސް ކުރިއަށް، އަދި އިތުރުވެސް ކޮށްފިން އަޅުގަނޑުމެން އެއީ ދޭއް މެއިއަކީ އެންމެ ފަހު އެޕްލިކޭޝަން ލެވޭނެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ބޭނުންފުޅު ވަނީ މިވަގުތު ލޯނަށްލާ ހުރިހާ ކުދިންގެ ޝަރުތުހަމަވާނަމަ ހުރިހާ ކުދިންނަށް ލޯނު ދެއްވުން."

ވަޒީރު ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނަށް ކުރުމަތިލުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލާފައި ވަނީ މިދިޔަ ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު، މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ލޯނަށް ކުރިމަތިލުމަށް ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ފަހުން ވަނީ މި ސުންގަޑި އަންނަމަހުގެ 2 ގެ ނިޔަލަށް އިތުރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.