މިދިއަ އަހަރު ރިލީޒް ކުރި ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް ގެ "ސަލާރު " ގެ ދެވަނަ ބައިގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ސަލާރު" ވެގެން ގޮސްފައިވަނީ ވަރަށް ކާމިޔާބު ފިލްމް އަކަށެވެ. އެއާއި އެކުގައި ދެވެނަ ބައެއް އިއުލާން ކުރި އިރުގައި މި ބައިގެ ވެސް ލީޑުން ފެނިގެންދާނީ ޕްރަބާސް ކަމަށްވެއެވެ.
މީޑިއާތަކުން ބުނީ ސަލާރުގެ ތައްޔާރީތައް ފިލްމުގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ވަމުން އަންނަ އިރު، "ސަލާރު 2″ ގެ ލީޑް ބަތަލާއަކަށް ކިއާރާ ގެނައުމާ ގުޅޭ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
ކުރިން ވެސް އިންޑިއާގެ ދެކުނު ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ ކިއާރާ އަކީ ބޮލީވުޑްގައި މި ވަގުތު ތިބި ޒުވާން ބަތަލާއިން ތެރެއިން އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
އެގޮތުން އޭނާގެ ބޮޑެތި ޕްރޮޖެކްޓް ތަކެއް ކުރިއަށް އެބަ ހުއްޓެވެ. އެގޮތުން "ވޯ 2″ އާއި ރަންވީރު ސިންގުގެ "ޑޮން 3″ އެވެ. އަދި މި ފަހުން ސަލްމާން އިއުލާން ކުރި ފިލްމް "ސިކަންދަރު"ގެ ވެސް ބަތަލާ އަކީ ކިއާރާ ކަމަށް ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.
"ބޫލް ބުލައްޔާ 2″ އާއި "ޖިގް ޖުގް ޖިއޯ" އާއި "ޝޭރުޝާ" އަދި "ގުޑް ނިއުސް" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ކިއާރާ ދެން އެންމެ އަވަހަށް ފެންނާނީ ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އިންނެވެ.