މެޓް ގާލާ އިން ޕްރިޔަންކާ ނުފެންނާނެ

މެޓް ގާލާ އިން ޕްރިޔަންކާ ނުފެންނާނެ

Author
ފާތިމަތު ނާވީ
26 އޭޕްރިލް 2024 10:40
0

ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިންވެންޓުގެ ގޮތުގައި ބާއްވަމުން އަންނަ މެޓް ގާލާ އިން ބޮލީވުޑް އަދި ހޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފެނިގެން ނުދާނެ ކަމަށް ބުނެފިއެވެ

މިއަހަރުގެ މެޓްގާލާ އަށް ނުދެވޭނެ ކަމަށް ކަމަށް ޕްރިޔަންކާ ބުނީ، އޭނާ ނެރޭޓްކުރާ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓައިގާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީހަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

މެޓް ގާލާ އަށް ނުދެވެނީ އޭނާ ބުނި ގޮތުގައި، ހޮލީވުޑްގެ ފިލްމު "ހެޑް އޮފް ސްޓޭޓް"ގައި މަސައްކަތް ކުރަމުން އަންނާތީ އެވެ. މެޓްގާލާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަރިން ބައިވެރިވާ ހަފްލާއެކެވެ.

މީގެ ކުރިން އެކި ފަހަރު މަތިން މެޓްގާލާ އިން ފެނިގެން ގޮސްފައިވާ ޕްރިޔަންކާ ވަނީ ތަފާޓު ފެޝަންތަށް ދައްކައިލައިފައިއެވެ. މެޓްގާލާ އަކީ ޕްރިޔަންކާ އަށް ވަރަށް ހާއްސަ އިވެންޓެއް ވެސް މެއެވެ.

ސަބަބަކީ އެއީ އޭނާގެ ހަޔާތުގެ ބައިވެރިޔާ ފެނުން އިވެންޓްވެސް މެއެވެ. ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ވަނަ އަހަރު ބޭއްވި މެޓް ގާލާ އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.