ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ނުބޭއްވުނު

ކޯރަމް ހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ނުބޭއްވުނު

Author
ހުސައިން
24 އޭޕްރިލް 2024 10:13
0

ކޯރަމްހަމަނުވެގެން މިއަދުގެ މަޖިލިސް ޖަލްސާ ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާ 9:00 ގައި ފަށަން އޮތް ނަމަވެސް ޖަލްސާގެ ލައިވް 9:30ގައި ފެށުމާއެކު މަޖިލިސް ރައީސް އަސްލަމް އިއުލާން ކުރެއްވީ ޖަލްސާގެ ކޯރަމް ހަމަނުވާތީ ނިންމާލީ ކަމުގައެވެ.

ފާއިތުވި މަޖިލިސް އިންތިޚާބަށް މަޖިލިސް ޖަލްސާތައް މެދު ކަނޑާލުމަށްފަހު ޖަލްސާތައް ފަށާފައިވަނީ މިހަފްތާގައެވެ. އަދި އިއްޔެ ޖަލްސާގެ ކޯރަމް ހަމަވެ ބަހުސްވެސް ބާއްވާފައި ވެއެވެ.

މި ހިނގާ 19 ވަނަ މަޖިލިހުގެ އެންމެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ މޭމަހުގެ 15 ވަނަ ދުވަހުއެވެ. އަދި އާ މަޖިލިސް ހުވާކުރުމަށް ހަމަޖެހިފައިވަނީ މޭމަހުގެ 28 ވަނަ ދުވަހުއެވެ.

މިހިނގާ 19 މަޖިލިހުގެ ގިނަ މެމްބަރުން އާ މަޖިލިހަށް އިންތިޚާބު ވެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.