ޒީނަތު ދިން ނަސޭހަތުން އާއްމުން ރަތަށް

ޒީނަތު ދިން ނަސޭހަތުން އާއްމުން ރަތަށް

Author
ފާތިމަތު ނާވީ
24 އޭޕްރިލް 2024 09:43
0

ބޮލީވުޑްގެ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޒީނަތު އަމަން ޒުވާނުންނަށް ދިން ނަސޭހަތަކާއި އެކުގައި އޭނާ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 72 އަހަރުގެ ބަތަލާ ބުނީ ކައިވެންޏެއް މިހާރު ދެމަހެއްޓުމަކީ މާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ ގުޅުން ދެމެހެއްޓުމަށް ޓަކައި ދެމީހުންވެސް އެކަކު އަނެއްކަކަށް ދަސްވުން މުހިންމު ކަމުގައި އޭނާ ދެކޭ ކަމަށް ބުނެފައިއެވެ.

އަދި ދަސްކުރުމުގެ މަރުހަލާގައި ލިވް-އިން ރިލޭޝަންޝިޕަކީ ވަރަށް ބޮޑަށް ގަބޫލުކުރާ އުސޫލެއް ކަމަށާއި އަމިއްލަ ދެ ފިރިހެން ދަރިންނަށް ވެސް ދޭ ނަސޭހަތަކީ އެއީ ކަމަށް ޒީނަތު ބުންޏެވެ.

 

View this post on Instagram

 

A post shared by Zeenat Aman (@thezeenataman)

އެއާއި އެކުގައި ގިނަ ބަޔަކު އަންނަނީ ޒީނަތް އަށް ފާޑުކިޔަމުންނެވެ. އެގޮތުން ކުރީގެ އިންޑަސްޓްރީގެ ތަރިންވެސް ވަނީ މިކަމާއި ގުޅިގެން ވާހަކަ ދައްކައިފައިއެވެ. ކުރީގެ ބަތަލާ އަދި އެކްޓަރު ފަރްދިން ޙާންގެ މައިދައިތަ މުމްތާޒް ބުނީ ޒީނަތުގެ އެ ވާހަކަ އަށް ތާއިދު ނޫން ކަމަށާއި ލިވް-އިން ރިލޭޝިންޝިޕަކުން ކައިވެންޏެއް ކާމިޔާބު ވެދާނެ ކަމަށް ގަބޫލު ވެސް ނުކުރާ ކަމަށެވެ.

 

View this post on Instagram

 

A post shared by Zeenat Aman (@thezeenataman)

ކުރީގެ ގިނަ ތަރިންތަކެއް ވަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށްފައިއެވެ. އެގޮތުން ސާއިރާ ބާނޫ އާއި މުކޭޝް ކަންނާ ފަދަ މަޝްހޫރު ތަރިން ވަނީ އެގޮތަށް ގަބޫލު ނުކުރާ ކަމަށް ބުނެފައިއެވެ.

އެއާއި އެކުގައި އެކަމަށް ރައްދު ދެމުން ޒީނަތް ބުނެފައިވަނީ އޭނާގެ ކޮލީގުންގެ ވާހަކަ އަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި އަދި އޭނާގެ ހިޔާލާއި އެހެން މީހުންގެ ހިޔާލު ވެސް އެއްގޮތް ވާން ނުޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.