ފިލްމް ރިލީޒް ކުރުމުގެ ކުރިން އަނެއްކައިވެސް "ރުސްލާން" ގެ އިތުރު ޓްރެއިލާ އެއް

ފިލްމް ރިލީޒް ކުރުމުގެ ކުރިން އަނެއްކައިވެސް "ރުސްލާން" ގެ އިތުރު ޓްރެއިލާ އެއް

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2024 02:24
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާންގެ ޅިޔަނު އަޔޫސް ޝަރްމާ ގެ ފިލްމް ގެ އިތުރު ޓްރެއިލާ އެއް ފިލްމް ނެރުމަށް ކުޑަތަން ވެފަިއވަނި ކޮށް އަނެއްކައިވެސް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

އާޔޫޝްގެ "ރުސްލާން" މި މަހުގެ 26 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ އިރު، މި އެކްޝަން ތުރިލާގައި އޭނަ ކުޅެފައިވާ ވަރުގަދަ އެކްޝަން ރޯލެކެވެ. ފިލްމްގެ ޓްރެއިލާ އިން ވަރުގަދަ އެކްޝަން މަންޒަރުތަށް ފެނިގެންދެއެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ސްރީސަތިޔާސައި އާޓްސްގެ ބެނާގެ ދަށުން ކޭކޭ ރާދަމޯހަން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަތިޔާން ޝިވްޕޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމް އެކެވެ.  މި ފިލްމް އިން ބޮލީވުޑްއަށް އައު ތަރި އަކު ލިބިގެން ދާނެއެވެ. އެގޮތުން ސުޝްރީ މިޝްރާ މި ފިލްމް އިން ބޮލީވުޑް އަށް ތައާރަފް ވާނެއެވެ. އިތުރުން ސައުތު ތަރި ޖަގަޕަތީ ބާބޫ އާއި "ޗަކް ދޭ އިންޑިއާ" އިން ވިދާލި ވިދްޔާ މަލަވަޑޭ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.