ކައިވެނިކުރި ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ

ކައިވެނިކުރި ފަހުން ސިޔާސީ ކަންކަން ބަލަން: ޕަރިނީތީ

Author
ފާތިމަތު ނާވީ
23 އޭޕްރިލް 2024 09:13
0

ކައިވެނި ކުރިފަހުން ސިޔާސީ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބަތަލާ ޕަރިނީތީ ޗޯޕްރާ ބުނެފިއެވެ.

ޕަރިނިތީ ބުނީ އޭނާ އަކީ ކުރިން ސިޔާސީ ކަންކަން އެއްވެސް ވަރަށް ކަށް ބެލި މީހެއް ނޫން ކަމަށެވެ. އަދި ސިޔާސީ ކަންކަން ދެކެ ވަރަށް ފޫހިވާކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

އެގޮތުން މީގެ އަހަރު ތަކެއް ދުވަސް ކުރިން އޭނާ ވަނީ އެކަމަށް އިޝާރާތް ކޮށް ވާހަކަ ދައްކައިފައިއެވެ. އެގޮތުން ބުނެފައިވަނީ ސިޔާސީ ހަރަކާތުގައި އުޅޭ މީހަކާއި ކައިވެނި ނުކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by @parineetichopra

ނަމަވެސް ޕަރިނީތީ ބުނި ގޮތާއި ހިލާފަށް އޭނާ ކައިވެނި ކޮށްފައި ވަނީ އިންޑިއާގެ އާމް އާދްމީ ޕާޓީގެ ލީޑަރު ރާގާވް ޗައްޑާ އެވެ. އުމުރުން 35 އަހަރުގެ ރާގަވް އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ އެންމެ ޒުވާން މެމްބަރެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިފައި ވަނީ އިމްތިޔާޒް އަލީ ޑައިރެކްޓްކުރި ފިލްމް "އަމަރް ސިންގް ޗަމްކީލާ" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.