ޒިނޭގެ ޒިންމާއާއި ބަދުނާމު ހަމައެކަނި އަންހެނުން ނަގަން ނުޖެހޭ: ހައިލަމް

ޒިނޭގެ ޒިންމާއާއި ބަދުނާމު ހަމައެކަނި އަންހެނުން ނަގަން ނުޖެހޭ: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 08:37
0

ފިރިހެނުން ބަނޑުބޮޑު ނުވުމަކީ ޒިނޭގެ ޒިންމާއާއި ބަދުނާމު ހަމައެކަނި އަންހެނުން ނަގަންޖެހޭ ސަބަބެއް ނޫން ކަމުގައި ކްރިިނަލް ކޯޓުގު ކުރީގެ އިސްޤާޟީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން، އެ ރަށު ތާޖު، މުހައްމަދު ތައުފީގާއި ށ.ގޮއިދޫ އަލި ފާތިމަތު ޝަމީމާ، ޒިނޭކުރި ކަމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ތައުފީގުގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށެވެ.

ތައުފީގުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޒިނޭ ކުރުމުގެ ކުށުގެ ދައުވާގެ އަސާސް ބިނާވެފައި ވަނީ، އޭނާ ޒިނޭކުރި އަންހެން މީހާ ވިހެއި ކުއްޖާ އަކީ، ތައުފީގާ ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއް ކަމަށް، އަންހެން މީހާ ބުނާ ބުނުމުގެ މައްޗަށާއި، އަންހެން މީހާ ވިހެއި ކުއްޖާގެ ޑީއެންއޭ އާއި ތައުފީގުގެ ޑީއެންއޭ އާ ދިމާވާތީއެވެ. ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ތައުފީގުގެ މައްޗަށް ހުށަހެޅުނު ދައުވާއަށް އޭނާ އިންކާރު ކޮށްފައި ވާ ކަމަށާއި ދައުލަތުން ތައުފީގުގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން 4 ފިރިހެނުން، ހެކިންގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށެވެ.

ހައިކޯޓުގެ މިނިންމުމާއި ގުޅިގެން ހައިލަމް ވިދާޅުވީ ޙައްދު ގާއިމްކުރާ މިންގަނޑުން ސާބިތުނުކުރެވޭނަމަ، ޑީއެންއޭ ފަދަ ޤަރީނާއިން ޒިނޭ ސާބިތުކޮށް ތައުޒީރީ އަދަބު ކަނޑައެޅުމަކީ ޢާންމު މަޞްލަޙަތު ޙިމާޔަތްކުރަން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ފިރިހެނުން ބަނޑުބޮޑު ނުވުމަކީ ޒިނޭގެ ޒިންމާއާއި ބަދުނާމު ހަމައެކަނި އަންހެނުން ނަގަންޖެހޭ ސަބަބެއް ނޫން. ޙައްދު ގާއިމްކުރާ މިންގަނޑުން ސާބިތުނުކުރެވޭނަމަ، ޑީއެންއޭ ފަދަ ޤަރީނާއިން ޒިނޭ ސާބިތުކޮށް ތައުޒީރީ އަދަބު ކަނޑައެޅުމަކީ ޢާންމު މަޞްލަޙަތު ޙިމާޔަތްކުރަން ކުރަންޖެހޭ ކަމެއް.

– ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވަނީ މިކަމުގައި ޤާނޫނީ ގޮތުން އަމަލުކުރެވިދާނެ ގޮތްތަކާއި އަދި މިހާރު ޤާނޫނުގައި ބުނެފައިވާ ބައެއް މާއްދާތައްވެސް ކުރެއްވި ޓްވީޓްގައި ގެނެސް ދެއްވާފައެވެ. ހައިލްމް ވަނީ ޕީނަލް ކޯޑުގެ 2 މާއްދާއަކާއި ހަވާލާދެއްވައި މިކަމުގައި އޮންނަ ގޮތް ހާމަކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.