ކަންގަނާ ބުނަނީ ގޮޑި ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް

ކަންގަނާ ބުނަނީ ގޮޑި ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް

Author
ފާތިމަތު ނާވީ
20 އޭޕްރިލް 2024 03:05
0

އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަން އޮތް ކަމަށް ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި މި މަހު ފަށާ އިންޑިއާގެ ލޯކް ސަބާ އިންތިހާބުގައި ވާދަކުރާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ.

ބީޖޭޕީގެ ޓިކެޓްގައި އޭނަ ވާދަކުރަނީ އުފަން ސްޓޭޓް ހިމާޗަލް ޕްރަދޭޝްގެ މަންޑީއަށެވެ. އެއީ އޭނާގެ އުފަން އަވަށް ވެސް މެއެވެ. އެހެން ކަމުން އިންތިހާބު ކާމިޔާބު ވާނެ ކަމާއި މެދުގައި ޝައްކު ނުކުރާ ކަމަށް އޭނާ ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

އިތުރަށް ގަންގަނާ ބުނީ ބުނީ އޭނަ މިހާތަނަށް ކުރިމަތިލި ގިނަ ކަންކަން ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގައި ހޯދި ކުރިއެރުންތަކާއި ކާމިޔާބީތަކަކަކީ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ބުންޏެވެ.

ވަރަށް ބުރަކޮށް މިހާރު ކެމްޕެއިންގެ ގެ ހަރަކާތްތަށް ހިންގަމުން އަންނަކަންގަނާ އަކީ ހިދޫއެކެވެ. އަދި އޭނާ އަކީ އެއްވެސް ބިރެއްނެތި، ޖެހިލުމެއް ނެތި ބުނަން ބޭނުންވާ ހުރިހާ އެއްޗެއް ބުނާ މީހެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބިރުކުޑަ ތަރިއެކެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

 

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ އިންތިހާބު ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. މި އިންތިހާބުގެ ވޯޓްލުން ޖޫން 1 އާ ހަމައަށް ކުރިއަށް ދާނެ އެވެ. އިންތިހާބުގައި ލޯކް ސަބާގެ 543 ގޮނޑި އަށް މެންބަރުން ހޮވަން ވޯޓްލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިގެންވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.