ރަންބީރު ކަޕޫރު އާއި އެކުގައި ރޯހިތު ދަވަން އިޝްތިހާރެއް ގެނެސްދީފި އެވެ.
އެދެމީހުން އެކުގައި މަސައްކަތް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް މީޑިއާއިން މީގެ ދުވަސްކޮޅެއް ކުރިން ވަނީ ރިޕޯޓް ކޮށްފައިއެވެ. އަދި އެއީ ފިލްމް އެއް ކަމަށް މީީޑިއާއިން އޭރުގައި ވަނީ ބުނެފައިއެވެ.
ނަމަވެސް މިއީ ނިލްކަމަލް ސްލީޕް ބްރޭންޑްގެ ގޮދަޑި އިޝްތިހާރެކެވެ. އޭގައި ދައްކުވައި ދެނީ ގޮދަޑި މަޑުކަމާއި އަރާމުކަމުން ރަންބީރު ބޮކްސިން މެޗެއް ވެސް ފަސޭހަކަމާ އެކީ ނިންމައިލާ ތަން ދެކޭ ހުވަފެނެކެވެ. މީގެ އިޝްތިހާރުތަކެއް ދާދި ފަހުން ބޮބީ ޑިއޯލްއާ އެކީ ވެސް ގެނެސްދީފައިވެ އެވެ.
ރޯހިތު އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ގެ ދޮށީ ދަރިފުޅެވެ. އަދި ރޯހިތު އަކީ މަޝްހޫރު ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން ގެ ބޭބެ ވެސް މެއެވެ. ރޯހިތު ވަނީ ރީތި ފިލްމް ތަކެއް ބެލުންތެރިންނަށް ގެނެސްދީފައިއެވެ.