ފާއިތުވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ވީ ވަޢުދަކީ ނަތީޖާ ނެރެދިނުމުގެ ވަޢުދު ކަމަށާއި ކުރާނީވެސް އެ ވަޢުދު ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޕިއެންސީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހާ ނުލާ ސަރުކާރަކަށް ކުރިއަށް ނުދެވޭނެ ކަމަށާއި، ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭން އެދިވަޑައިގަންނަވާ ސަބަބަކީ އެއީ ކަމުގައެވެ.
އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދަކީ ނަތީޖާ ނެރެދިނުމުގެ ވަޢުދު. އަޅުގަނޑު މިއަދުވެސް ތަކުރާރު ކުރާނީ އެ ވަޢުދު.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުންވަނީ ކުރާ ކަންކަމުގައާއި ދައްކާ ހުރިހާ ވާހަކައެއްގައިވެސް އިޚްލާސްތެރިކަން ދެއްކުން ކަމުގައެވެ. އަދި ޚިޔާލު ތަފާތުވުންތަކާއި ހިންހަމަ ނުޖެހުންތައް އެއްކައިރިކޮށް ސަރުކާރަށް މަޖިލިސް ހޯއްދަވާ ދެއްވުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.