ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުން އަންގައިގެން ވަޒިފާއިން ވަކިކުރުން ގާނޫނީ ކުށަކަށް ހަދާނަން: ރައީސް ސާލިހު

ކުންފުނިތަކުގެ މުވައްޒަފުން ސަރުކާރުން އަންގައިގެން ވަޒިފާއިން ވަކިކުރުން ގާނޫނީ ކުށަކަށް ހަދާނަން: ރައީސް ސާލިހު

ގުޅުންހުރި

ކުންފުނިތަކުގެ މުވައްޒަފުން އޭރަކު އޮންނަ ސަރުކާރުން އަންގައިގެން ވަޒިފާއިން ވަކިކުރުން ގާނޫނީ ކުށަކަށް ހަދާނެ ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި މިއަދު ވައިކަރަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހޮވޭ މެންބަރުން ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކޮށްދޭނެ ކަމުގައެވެ.

ބޭނުން ފަހަރެއްގައި، ބޭނުން ވަގުތެއްގައި ކުންފުނިތަކުގެ އިސްވެރިން ނޫނިއްޔާ ސަރުކާރުން އަންގައިގެން ވަޒީފާގައި ތިބި މުވައްޒަފުން ވަކި ނުކުރެވޭނެކަން އަޅުގަނޑުމެން ކަނޑައަޅާނަން. އެކަން ކޮށްފިއްޔާ އެއީ ގާނޫނީ ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅައި އެކަން ނިމުމަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެންނާނަން.
ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސާލިހު އިތުރަށް ވިދާޅުވީ މިއަދުވެސް ކުރިމަތިވާ ގޮންޖެހުންތަކަކީ މީގެ 10 ނުވަތަ 15 އަހަރު ކުރިންވެސް ކުރިމަތިވަމުން އައި މައްސަލަތައް ކަމުގައެވެ. އެގޮތުން އެއީ މުވައްޒަފުންނަށް މަޖުބުރު ކުރުވައިގެން ސިޔާސީ ކަންކަމުގައި ގެންގުޅުން ކަމުގައިވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން އެކަން އޮންނާނީ މުޅިން ހުއްޓުމަކަށް ގެނެސްފައި. އެ ބޭފުޅަކު ބޭނުން ސިޔާސީ ފިކުރެއްގައި ވަޒީފާގައި ތިއްބަވައިގެންވިޔަސް މަސައްކަތް ކުރެވޭ ގޮތަށް އޮންނާނީ ފުރުސަތު ހުޅުވާލަދީފައި. އެހެންނަމަވެސް މިއަދު އަނެއްކާ ވެސް މި ވަނީ އެކަމަށް ހުއްޓުމެއް އައިސްފައި.
ރައީސް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ގަދަބާރުން ބިރުދައްކައިގެން ވޯޓު ހޯދުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ލިބިއްޖެ ނަމަ، މީގެ ކުރިން ދުވަހަކުވެސް ދެކެފައި ނުވާފަދަ ބިރުވެރި ނާމާން ދުވަސްތަކަކާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެގޮތުން ރައްޔިތުން ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް ރައީސް ސާލިހު އެދިވަޑައިގަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ