ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި ޔޫސުފް ނައީމްގެ މައްޗަށް ކުށް ދަށު ކޯޓުން ކުރި ހުކުމުގައި ހުރި ގިނަ ގޯސްތައް ފާހަގަކޮށް މައްސަލަ އަލުން ބަލަން ހައި ކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކޮށްފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދަށު ކޯޓުން އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. ޖުމްލަ 14 އިސްތިއުނާފީ ނުކުތާތަކެއްގެ މައްޗަށް ހުށަހެޅި މި މައްސަލައިގައި މިއަދު ހައިކޯޓުގެ ހުކުމް އިއްވާފައި ވަނީ އަޑުއެހުން މަޑުޖެހިފައި އޮންނަތާ ހަތަރު މަސް ދުވަސް ފަހުންނެވެ. ގޮތެއް
މައްސަލައިގެ ހުކުމުގައި ވަނީ ކޮންމެ މީހަކަށް ވެސް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުން ގާނޫނުއަސާސީން ކަށަވަރުކޮށްދޭކަމަށެވެ. އަދި އެ ހައްގު ނުހައްގުން ނިގުޅައިގެނެގެން ނުވާނެކަމަށާއި، އައު ހެއްކަށް ފުރުސަތު ދިނުމަށް ދަށު ކޯޓުން ނިންމުމުގައި ބެލީ ކޮން ގާނޫނީ ހަމައަކަށްކަން އެނގެން ނެތްކަމަށް ހުކުމުގައި ވެއެވެ. އަދި ހުށަހަޅާފައި ހުރި ހެކިތަކަށް، ޑިސްކްރެޑިޓް ކުރުމަށް ފަހު އެހެން ހެކިތަކަށް ފުރުސަތު ދޭން ވީ ސަބަބެއް ނެތްކަމަށް ވެސް ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، މި މައްސަލައިގައި ގޮތެއް ނިންމުމުގައި ދަށު ކޯޓުގެ ފަނޑިޔާރުން ހަދާފައިވާ ގޯސްތަކެވެ. ފަނޑިޔާރުންގެ މަސްލަހަތަކަށް ވާން ޖެހޭނީ ދެ ފަރާތަށް ވެސް ހަމަހަމަ ގޮތެއްގައި ފުރުސަތު ދިނުން ނަމަވެސް އެގޮތަށް އަމަލު ކުރެވިފައިވާކަމަށް ބެލެވެން ނެތްކަމަށް ހުކުމުގައި ވެއެވެ. އިންސާފުވެރި ނިންމުމަކަށް ވާސިލުވުމުގައި ފަނޑިޔާރު ރިއާޔަތް ކުރަން ޖެހޭނީ ހަމައެކަނި ދައުވާ ހުށަހެޅި ފަރާތަށް އެކަނި ނޫންކަމަށާއި މައްސަލައިގައި ރަނގަޅު ވަގުތީ ދިރާސާ ކުރުމަށްޓަކައި ވަކީލުންގެ ބައްދަލުވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ވެސް ދޭން ޖެހޭކަމަށް ހުކުމުގައި ވެއެވެ.
އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި މައްސަލައިގެ ހަސްމަކަށް ފުރުސަތު ނުދިނުމަކީ، އަދަލު ހުރި ގޮތެއް ނޫންކަމަށާއި އެއީ އިހުސާންތެރިކަމާއި ބީރަށްޓެހި ނާތަހުޒީބީ އަމަލުތަކެއްކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ޔޫސުފް ނައީމްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ގާނޫނީ ހަމަތަކަށް ރިއާޔަތް ނުކުރާކަމަށް، އޭނާގެ ފަރާތުން ވެސް ބުނެފައިވާއިރު ފަނޑިޔާރުގެ ނިންމުމަށް ވާސިލުވި ގޮތް ބެލިއިރު އަދަބާއި ގުޅޭގޮތުން ފެންނަން އޮތީ ދެ ފަރާތުން ދެއްކި ވާހަކަތަކުގެ ދެ ޕެރަގްރާފްކަމަށް ހުކުމުގައި ވެއެވެ.