ފަތުރުވެރިކަމާބެހޭ ވަޒީރު ޔޫއެންގެގެ ޢާއްމު މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

ފަތުރުވެރިކަމާބެހޭ ވަޒީރު ޔޫއެންގެގެ ޢާއްމު މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

Author
ޙަސަން މުޙައްމަދު
18 އޭޕްރިލް 2024 11:04
0

ރާއްޖޭގެ ފަތުރުވެރުކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އދ ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސެސްއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަަލުކުރެއްވުން އޮތީ ޔިއުޔޯކުގައި ހުންނަ އދ ގެ މައި އިދާރާގައި އެވެ. މިއީ ވަޒީރު ފައިސަލް އދ ގެ ބައެއް ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރެއްވުމަށްޓަކައި މިހާރު އެމެރިކާއަށް ކުރައްވަމުން އަންނަ ދަރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން އދ ގެ އާންމު މަޖިލީހުގެ ރައީސް ޑެސިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޑްސް، އެމްވީއައި، މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ ކަންކަމަށް އިސްކަން ދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.

އަދި ޑެނިސް ވަނީ ޓޫރިޒަމާ ބެހޭ ގޮތުން މިއަދު ބާއްވާ ހައިލެވެލް ތީމެޓިކް އިވެންޓަށް ރާއްޖެއިން ދޭ އެއްބާރުލުމަށް ތައުރީފު ކުރައްވާފައި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.