މިދިއަ ފެބްރުއަރީ މަހު ލަންޑޮން ގައި ވިހެއި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރުމާ އާއި ފިރިމީހާ އަދި އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިއާ ވިރާޓް ކޯލީ އެމީހުންގެ ތުއްތު ދަރިފުޅާއި އެކުގައި އިންޑިއާއަށް ހިނގައްޖެއެވެ.
ދެވަނަ ދަރިއަކަށް ބަލިވެ އިންކަން އެދެމަފިރިން އިއުލާން ކޮށްފައިއެއް ނުވެއެވެ. ނަމަވެސް މީޑިއާއިން ނަގައިފައިވާ ފޮޓޯ ތަކުން އަދި މީޑިއާއިން އޭނާ ބަނޑުބޮޑު ކަމަށް ބުނެ ރިޕޯޓް ކޮށްފައި އޮއްވައި އެދެމަފިރިންގެ ފަރާތުން ފިރިހެން ކުއްޖަކު ލިބިފައިވާކަމަށް ބުނެ ވަނީ ބަޔާނެއް ނެރެފައިއެވެ.
މިދިޔަ ފެބްރުއަރީ މަހު 15 ވަނަ ދުވަހުގައި އެމީހުންނަށް ފިރިހެން ކުއްޖެއްލިބިފައިވާ ވާކަމަށާއި އެކުއްޖާގެ ނަމަކީ އަކޭ ކޯލީ ކަމަށް ވެސް އެމީހުންގެ ބަޔާނުގައި ވަނީ ބުނެފައިއެވެ.
އަނުޝްކާ އެނބުރި އިންޑިއާ އަށް ދިއުމުން ޕަޕަރާޒީއަކު ވަނީ އެއާޕޯޓުގައި ހުއްޓާ އަނުޝްކާގެ ފޮޓޯއެއް ނަގައި އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ. ނަމަވެސް އަނުޝްކާ ވަނީ ކުދިންގެ ފޮޓޯ ނުނެގުމަށް އާންމުންގެ ފަރާތުން އެދިފަ އެވެ.
އަނުޝްކާގެ ފުރަތަމަ ދަރިފުޅު ވަމިކާ ލިބުނު ފަހުން އޭނާ ޕްރައިވެސީ އަށް ވަރަށް ބޮޑަށް ބަލަ އެވެ. ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ލާއިރު ވެސް ދަރިފުޅުގެ މޫނެއް ނުދައްކަ އެވެ.