މިދިއަ އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަޔަކު ބަޑިން ދިން ހަމަލާ އާއި ގުޅިގެން ސަލްމާން ގޭގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.
އަދި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުން އަންނަ އިރުގައި، ބަޑީގެ ހަމަލާ އަރާފައިވަނީ ސަލްމާންގެ ގޭގެ ފުރަތަމަ ފަނގިފިލާގެ ފާރަށެވެ. އާންމު ވެފައިވާ ވީޑިއޯ ތަކުން ފާރުގައި ހެދިފައިވާ ލޯވަޅުތަށް ފެންނަން ހުރެއެވެ.
މުންބާއީގެ ބަންޑްރާގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް ބަޑިން ހަމަލާތަކެއް ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ގެއަށް ވަޒަންތަކެއް ފޮނުވައިލުމަށް ފަހު އެ މީހުން ވަނީ ފިލައިފަ އެވެ. މިކަމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ސަލްމާނާއި އޭނަގެ ގޭގެ ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.
ފުލުހުން މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަ އިރު، މީގެ ކުރިން ވެސް ތަކުރާރުކޮށް ސަލްމާނަށް މަރުގެ އިންޒާރުތަކެއް ދިން ގޭންގްސްޓާރެއް ކަމަށް ލޯރެންސް ބިޝޯނީގެ ކޮއްކޮ އަންމޯލް ވަނީ އެ ހަމަލާގެ ފަހަތުގެ ހުރީ އޭނަ ކަމަށް ބުނެފަ އެވެ. އޭނަ ބުނީ މިއީ އަދި ކުޑަވަރެއްގެ ޓްރެއިލާއެއް ކަމަށާއި އަދި އަސްލު ހަމަލާ ކުރިއަށް އޮތީ ކަމަށެވެ.