ސަލްމާންގެ ގެއަށް ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފި

ސަލްމާންގެ ގެއަށް ބަޔަކު ބަޑީގެ ހަމަލާތަކެއް ދީފި

Author
ފާތިމަތު ނާވީ
15 އޭޕްރިލް 2024 02:25
0

މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ތަކުރާރުކޮށް  މަރުގެ އިންޒާރު ދީފައިވާ ބޮލީވުޑްގެ ސްޕްސްޓާރު ސަލްމާން ހާންގެ ގެ ގެލެކްސީ އެޕާޓްމަންޓަށް ބަޔަކު ބަޑީ ގެ ހަމަލާ ތަކެއް ދީފިއެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފަތިހު ފަހެއް ޖަހާކަށް ހާއިރު ދިން މި ހަމަލާގައި ދެ މީހަކު ބައިވެރިވި އެވެ. އެ މީހުން ޖެހި ބަޑީގެ ވަޒަންތައް އެރީ ސަލްމާން ގޭގެ ފާރަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.

ހަމަލާ އަމާޒުކޮށްފައި ވަނީ ގެލެކްސީ އެޕާޓްމަންޓްގެ ފުރަތަމަ ބުރިއަށް ކަމަށާއި މި ހަމަލާއާ ގުޅިގެން މުމްބާއީގެ ކްރައިމް ބްރާންޗްގެ ފޮރެންސިކް ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެއެވެ. މި ހަމަލާއާ ގުޅިގެން ސަލްމާންގެ ގޭގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ސަލްމާން އަށް ވަނީ މަރުގެ އިންޒާރު ލިބިފައިއެވެ. އެއާއި އެކު ކޮންމެ ފަހަރަކުވެސް އޭނާ ވަނީ ސެކިއުރިޓީ ވަރުގަދަ ކޮށްފައިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.