ދަރިފުޅު އެކްޓަރަކަށް ވާކަށް ބޭނުމެއްނޫން: އާލިއާ

ދަރިފުޅު އެކްޓަރަކަށް ވާކަށް ބޭނުމެއްނޫން: އާލިއާ

Author
ފާތިމަތު ނާވީ
14 އޭޕްރިލް 2024 12:01
0

ދަރިފުޅު އެކްޓަރަކަށް ވާން ބޭނުން ނުވާކަމަށް އާލިއާ ބަޓް ބުނެފިއެވެ.

މިހާރު ބޮލީވުޑްގެ އެންމެ މުއްސަދި ސްޓާ ކިޑް އަކީ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ގެ ދަރިފުޅު ރަހާއެވެ. ރަހާ އުފަންވުމާއި އެކުގައި ގިނަ ބަޔަކު ބުނެފައިވަނީ ބޮލީވުޑް އަށް އަނެއްކައިވެސް ކުޅަދާނަ ބަތަލާ އަކު ލިބިގެންދާނެ ކަމަށެވެ. ސަބަބަކީ ރަހާގެ މައިންބައފައިންނަކީ ވެސް ކުޅަދާނަ އެހާމެ މަޝްހޫރު ތަރިންނަށް ވުމެވެ.

ނަމަވެސް އުންމީދު ކުރިގޮތާއި ހިލާފަށް އާލިއާ ބަޓް މިފަހުން މީޑިއާގައި ވާހަކަދައްކަމުން ބުނެފައިވަނީ އޭނާގެ ދަރިފުޅު ރަހާ ފިލްމް ކުޅެން ނުވަތަ އެކްޓަރަކަށް ވާން އޭނާ ބޭނުން ނުވާކަމަށެވެ.

އެ އިންޓަވިއުގައި އާލިއާ ވަނީ ރަހާ ކުރަން ބޭނުންވާ ކަމެއް ކުރުން ނުހުއްޓުވާނެ ކަމަށާއި އެހެން ނަމަވެސް އޭނާ ބޭނުންވަނީ ރަހާ ސައިންޓިސްޓަކަށް ވާން ކަމަށް ބުނެފަ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކުރީ 2022 ވަނަ އަހަރުގައިއެވެ. އެދެމަފިރިންނަށް ރަހާ ލިބިގެން ދިއައީ ވެސް ހަމަ އެއަހަރުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.