ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ނިޔާވެއްޖެ

ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ނިޔާވެއްޖެ

Author
ހުސައިން
12 އޭޕްރިލް 2024 11:02
0

ކުރީގެ ފިލްމީ ތަރި މަރިޔަމް ރަޝީދާ ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ ބަލިވެ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ނިޔާވިއިރު މަރިޔަމް ރަޝީދާގެ އުމުރުރަކީ 46 އަހަރެވެ. އޭނާގެ ޖަނާޒާ އޮތީ ރޭ މަޣްރިބް ނަމާދަށް ފަހު އެވެ.

މަރިޔަމް ރަޝީދާ ދިވެހީންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ދިވެހި ފިލްމު “ހުރަސް”އިން ނެވެ. އެ ފިލްމުގައި އޭނާ އަންހެން ލީޑު ރޯލު ކުޅެފައި ވެއެވެ. އޭގެ އިތުރުން މަޝްހޫރު ޑްރާމާ “ބަދުނާމް”ގައި ވެސް މަރިޔަމް ރަޝީދާ މުހިންމު ރޯލެއް އަދާކޮށްފައި ވެއެވެ.

މަރިޔަމް ރަޝީދާ ނިޔާވުމާއި ގުޅިގެން ފިލްމީ ދާއިރާގެ ފަންނާނުން އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.