އިލާހީ ޤާނޫނާއި ފުށުއަރާ އެއްވެސް ޤާނޫނަކަށް މުސްލިމުން ޢަމަލުކުރަން ނުޖެހޭނެ: އިލްޔާސް

އިލާހީ ޤާނޫނާއި ފުށުއަރާ އެއްވެސް ޤާނޫނަކަށް މުސްލިމުން ޢަމަލުކުރަން ނުޖެހޭނެ: އިލްޔާސް

Author
މުޙައްމަދު ޝަޒައިމް
19 ޑިސެމްބަރ 2020 10:46
0

އިލާހީ ޤާނޫނާއި ފުށުއަރާ އެއްވެސް ޤާނޫނަކަށް މުސްލިމުން ޢަމަލުކުރަން ނުޖެހޭނެ ކަމުގައި ދީނީ ޢިލްމުގެވެރިޔާ ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ޤާނޫނާއި މަތިކޮށް ބައެއް ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ޝައިޚް އިލްޔާސް ވިދާޅުވީ ޤާނޫނަކީ ތިމާމެން ބޭނުންހާ ގޮތަކަށް އަމަލު ކުރުމަށް ބޭނުން ވަގުތަކު ފަރުމާ ކުރެވިދާނެ އެއްޗެއްކަމަށެވެ. ނަމަވެސް ޤާނޫ އެކުލަވާލާ ފަރާތްތަކުންވެސް މުސްލިމުންގެ މައްޗަށް ބާވާލައްވާފައިވާ ޤާނޫނާއި ފުށުއަރާގޮތަށް ގާނޫނު ހަދައިގެން ދީނީ ގޮތުން ކުރުން ހުއްދަ ނުކުރާކަންކަން ކުރުމަށް އެހަދާ ޤާނޫނުތައް މަތި ކުރުމަކީ ދެއްކޭނެ ހުއްޖަތެއް ނޫންކަމަށެވެ.

ކްރިސްޓިއަނުން ކޮންމެ އަހަރެއްގެ ފަހުކޮޅު ފާހަގަކުރާ އެމީހުންގެ ހާއްސަ ދުވަސް "ކްރިސްމަސް ޑޭ" ފާޙަގަ ކުރުމަށް ގިނަ އަދަދެއްގެ ޓުވަރިސްޓުން މުދުވަސްވަރު ރާއްޖެއަށް އަންނައިރު، މިކަމުގައި ބައެއް ދިވެހިވެސް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންވެ. އަދި މިދުވަހުގެ ތަހުނިޔާ އެފަރާތްތަކަށް އަރިސްކުރަމުންނެވެ. މިކަމާއި ގުޅިގެން ޝައިޚު ވިދާޅުވީ ކްރިސްމަސް އަކީ ނަޞޯރާދީނުން އެބައިމީހުންގެ ކަލާންގެ ކަމަށްދެކޭ އީސާ އަލައިހިސަލާމް އާއި ގުޅުވައިގެން އެމީހުންގެ އަޤީދާއާއިގުޅޭ މުޤައްދަސް ފެސްޓިވަލެއް ކަމަށެވެ. މި ކަމުގައި އެއްވެސް މުސްލަމަކު އެއްވެސް ހައިސިއްޔަތަކުން ބައިވެރުވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫންކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރު ލޯކަލް ޓުވަރިޒަމްވެސް ފުޅާވެފައި އޮތުމާއިއެކު ބައެއް ލޯކަލް ޓުވަރިޒަމް އޮތް ރަށްތަކުގައިވެސް މީގެ ކުރީ އަހަރުގައި މިދުވަސް ފާހަގަކުރަންއުޅުންު ވަނީ އެކަން ނުކުރުމަށް އެރަށްތަކުގެ ކައުންސިލުން ވަނީ އަންގާފައެވެ.

ކްރިސްމަސް ދުވަހު އެކަކު، އަނެކަކަށް ތަހުނިޔާ ކިޔާ ހެދުމަކީ ކަނޑައެޅިގެން ހުރި ބޮޑު މުންކަރާތެކެވެ. އަޅުގަނޑުމެންނަށް އަމުރު ކުރެވިގެންވަނީ އެބައިމީހުންނާ ތަފާތުވެ، ރަސޫލު الله صلى الله عليه وسلم ގެންނެވި ހިދާޔަތުގެ ތެދުމަގުގައި ހިފުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.