"ކިލް" ގެ ޓީޒާ އާންމުކޮށްފި

"ކިލް" ގެ ޓީޒާ އާންމުކޮށްފި

Author
ފާތިމަތު ނާވީ
10 އޭޕްރިލް 2024 01:52
0

ނުފޫޒު ގަދަ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމް ކުންފުނި ދަރްމާ ޕްރޮޑަކްޝަން ގެ ކުރިއަަށް އޮތް ފިލްމް "ކިލް" ގެ ޓީޒާއެއް އާންމުކޮށްފިއެވެ.

ފަސްޓްލުކް ޕޯސްޓަރެއް ވެސް ދައްކައިލި މި ފިލްމަކީ އެކްޝަން ފިލްމެކެވެ. މީގެ ބަތަލަކީ ދަރުމާ އިން 2019 ގައި ޝޫޓިން ފެށި ނަމަވެސް ފަހުން ހުއްޓި، ވާނުވާފައި އޮތް ފިލްމު "ދޯސްތާނާ 2″ ގެ ކާސްޓްގައި ހިމެނޭ އާ އެކްޓަރު ލަކްޝް ލަލްވާނީ އެވެ.

މިދިޔަ އަހަރު (ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް ޓީއައިއެފްއެފް) ގައި ޕްރީމިއާކޮށްގެން ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް އޮހުނު މި ފިލްމުގެ ކާސްޓްގައި ރާގަވް ޖުޔަލް އާއި ތާނިއާ މަނިކްތަލާ ވެސް ހިމެނެ އެވެ.

އާންމު ކުރި ކުރު ޓީޒާގައި ވެސް ފެންނަނީ ބާރަށް ދަތުރު ކުރަމުންދާ ރޭލެއްގެ ތެރޭގައި ހިނގާ ވަރުގަދަ ތަޅާފޮޅުންތަކެކެވެ. އަދި މީގެ ގިނަ މަންޒަރުތައް ދައްކުވައި ދޭނީ ރޭލު ތެރޭގަ އެވެ.

 

View this post on Instagram

 

A post shared by KILL_THEFILM (@kill_thefilm)

 

މި ފިލްމް އަކީ ދަރުމާ އާއި ޕްރޮޑިއުސަރު ގުނީތު މޮންގާގެ ސިކިއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމް އެކެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ނިކިލް ނާގޭޝް ބަޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.