އަބާދު އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސްކިޔަން ދީފައި އޮތް އޮތުމުގެ ސަބަބުން ވީ ކަމެއް ނެތްކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ މާލޭގައި ބޭއްވި މަޖިލިސް ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ހަގީގަތުގައި މާނަހުރި ދެމެހެއްޓެނިވި ތަރައްގީއެއް އައްޑޫއަށް ހާސިލުނުވާކަން އެވާހަކަ ދައްކަވަން ޖެހޭ މިންވަރަށްވުރެވެސް ތިލަކަށް ފެންނާން އޮތް ހަގީގަތެއް ކަމުގައެވެ. އެގޮތުން އެ ތާރީޚު ބަދަލު ކޮށްދިނުމަށްވެސް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.
’އަބަދާ އަބާދު އެއްބަޔަކަށް އައްޑޫ ސިޓީގެ ކަންކަމުގައި މަޖިލީސް ތެރޭގައި ބަސްކިޔަން ދީފައި އޮތް އޮތުމުގެ ސަބަބުން ވީ ކަމެއް، ހަގީގަތުގައި މާނަހުރި ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލުނުވާކަން އެއީ އަޅުގަނޑު މިތަނުގައި މި ޕޯޑިއަމްގައި ހުރެ ދައްކާ ވާހަކައަށްވުރެ ބޮޑަށް ތިޔަ ލޮބުވެތި ރައްޔިތުން ސިޓީގެ ރައްޔިތުން ކޮންމެ ދުވަހަކު ހެކިވަޑައިގަންނަވާނެ.
ރައީސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތަޖުރިބާ ކޮށްލުމުގެ ގޮތުންވެސް، އަޖުމަބަލާލުމުގެ ގޮތުން ވިސްނެވިޔަސް ސަރުކާރުން އެދެނީ މި ފަހަރު ސަރުކާރު ކެންޑިޑޭޓުން ހޮވައި ދިނުމަށް ކަމަށެވެ.
'ތަޖުރިބާ ކޮށްލުމުގެ ގޮތުންވެސް އަޅުގަނޑު އެދެނީ، އަޖުމަބަލާލުމުގެ ގޮތުން ވިސްނެވިޔަސް އަޅުގަނޑު އެދެނީ މި ފަހަރު އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވައި ދިނުމަށް'.
ރައީސް އައްޑޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.