އީދު ދުވަހުގެ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބަޑިބޭހުގެ ކުޅިވަރު އޮންނާނެ

އީދު ދުވަހުގެ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ބަޑިބޭހުގެ ކުޅިވަރު އޮންނާނެ

"މަގޭ އީދު"ގެ ނަމުގައި ސިޓީ ކައުންސިލުން ކުޑަ އީދު ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.

ސިޓީ ކައުންސޮލުން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، "ސާދަ އެންޓަޓެއިންމަންޓް"އާއި ގުޅިގެން އެކި ހަރަކާތްތައް ހިންގުމަށް ތައްޔާރުވަމުންދާ ކަމުގައެވެ.

ސިޓީ ކައުންސިލުން ހާމަ ކޮށްފައިވާ ގޮތުގައި، އީދު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ހާއްސަ ޝޯއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ އިވެންޓަށް ފަހު 10:00 ގައި އެ ސަރަހައްދުގައި ހަވާ އަރުވާނެ އެވެ.

ސިޓީ ކައުންސިލުން މާލޭގައި ކުލަ ގަދަކޮށް އީދު ފާހަގަކުރާއިރު، ސަރުކާރުން ވަނީ ކުޑަ އީދު ފާހަގަކުރުމަށް މުޅި ރާއްޖެ ގިޑިގެތަކުން ދިއްލާލަން ވެސް ނިންމައިފަ އެވެ. މާލޭގައި ވެސް ގިޑިގެތައް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.

މިއަހަރު ވެސް އީދުދުވަހު ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް މާލޭގައި ވެހިކަލް ދުއްވުން މަނާވާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ވަގުތު ހާއްސަކޮށްފައި ވަނީ ފައިމަގުގައި އުޅޭ ވަގުތުގެ ގޮތުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *