ވަގަށް ބިލެތް ކަނޑަން ތިބި 2 މީހަކު ކުށުގެ ވެށިން އަތުލައިގެންފި

ވަގަށް ބިލެތް ކަނޑަން ތިބި 2 މީހަކު ކުށުގެ ވެށިން އަތުލައިގެންފި

Author
އަހުމަދު
02 އޭޕްރިލް 2024 03:12
0

މާލޭގެ ގެއަކުން ވަގަށް ބިލެތް ކަނޑަން ތިބި ބަޔަކު ކުށުގެ ވެށިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، މ. ހަވާއީގައި އޮތް ބިލެތް ޅޮހަކުން ވަގަށް ބިލެތް ކަނޑަން ތިއްބައި ދެ މީހަކު އަތުލައިގަތީ ހެނދުނު 8:00 ހާއިރު ކަމަށެވެ. އެމީހުން ވަގަށް ގެންދަން އުޅުނު ދެ ބަސްތާ ބިލެތް ވެސް ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 43 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެއް ކަމަށް ޝިފާން ވިދާޅުވިއެވެ.

މި ރޯދަ މަހު މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމުގެ މައްސަލަތައް އިންތިހާ އަށް ވަނީ އިތުރުވެފައެވެ. މި ރޯދަމަހުގެ ފުރަތަމަ 15 އާ ހިސާބަށް މާލެ ސަރަހައްދުން ވައްކަމުގެ 110 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުންގެ ވެސް ގިނަ މަސައްކަތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.