ރައީސް ޔާމިން ޕީޕީއެމް/ޕީއެންސީ މަގުމަތި ކުރަން އުޅުނުކަމަށް ވިދާޅުވެ، އަބުދުއްރަހީމަށް ރައްދު ދެއްވާ، ހަގީގަތާ އެއްގޮތަށް ފެކްޓުން ވާހަކަ ދައްވަން ރޭ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޖަލްސާ ރައީސް ޔާމިން ވިދާޅުމުން، ފާއިތުވި ރިޔާސީ އިންތިޚާބުގައި ކަން ހިގައިދިޔަ ގޮތުން ޓައިމްލައިންއެއް އަބުދުއްރަހީމް ހާމަކޮށްފިއެވެ.
އަބުދިއްރަހިމް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދުމުޢިއްޒު (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ) ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވަން އީސީއަށް ފޯރމް ހުށަހެޅުއްވީ 7 އޯގަސްޓް 2023 ގައި ކަމުގައެވެ. އަދި ރައީސް ޔާމީން ސޮއި ކުރައްވާ، އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު (ޑރ. ޖަމީލް) 2 ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިޚާބް ބޮއިކަޓް ކުރަން އެންގެވީ 6 އޯގަސްޓް 2023 ގައި ކަމަށް އަދުރޭގެ އެކްސް ޕޯސްޓުގައި ވެއެވެ.
އެގޮތުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީވެސް 6 އޯގަސްޓް 2023 ގައިކަން ފާހަގަ ކުރައްވަމުން އަދުރޭ ވަނީ ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.
ޕީޕީއެމް އަށް ދިރުން ލިބެން ބޭނުންވި ނަމަ ވަގުތު އޮއްވާ ޕީޕީއެމް އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އިރުޝާދު ނުދެއްވީ ކީއްވެގެންތޯ؟ މި ޙަގީގަތްތައް މިހެން ހުރީމަ މަގުމަތިކުރަން އުޅުނު ވާހަކަ މި ދައްކަނީ ރައްޔިތުންނަށް ކަން ހިގައި ދިޔަގޮތް އޮޅުން ފިލުވައި ދިނުމަށްޓަކައި.
އަބުދުއްރަހީމް އެކްސް ޕޯސްޓުގައި ލިޔުއްވާފައި ވެއެވެ.
ޕީޕީއެމް/ޕީއެންސީ މަގުމަތިކުރަން ރައީސް ޔާމިން އުޅުއްވާކަމަށް ވިދާޅުވެ އަބުދުއްރަހީމް ދެއްކެވި ވާހަކަތައް ރައީސް ޔާމިން ރޭވަނީ ދޮގު ކުރައްވާފައެވެ.
ރޭގެ ޕީއެންއެފްގެ ޖަލްސާގައި ޔާމިން ވިދާޅުވީ، ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ މިހާރު ތިބި އެންމެންގެ މިޒާޖާއި ކޮށްފަ ހުރިން ކަންތައްތައްވެސް އެނގޭ ކަމަށާއި، އަނގައިގަ އަޅާފަހުރި މަލަންގަޑު ނައްޓާލިމަ ހުރިހާ ވާހަކައެއްވެސް ދެއްކޭނެ ކަމުގައެވެ.
އަދި ޔާމިންވަނީ އެމަނިކުފާނަކީ މިހާރު ޕީޕީއެމްގެ މީހަކަށް ނުވާތީ ޕީޕީއެމްގެ ކަންތައްތައް ނޭގޭނެކަމަށް ކަމަށް ވިދާޅުވެ ރައީސް މުއއިްޒުގެ އިސް މުޝީރު އަބުދުއްރަހީމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަށް ސުޕްރިމް ކޯޓުން ހުކުމް ކުރިއިރު، ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ބޭފުޅެއްގެ ކެނޑިޑަސީ އޮތީ ފައިލްކޮށްފައި ކަމުގައެވެ. އެހެންކަމުން ޕީޕީއެމް މަގުމަތިކޮށްލުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ދޮގެއް ކަމުގައެވެ.
އެހެންވީމަ ޕީޕީއެމް/ޕީއެންސީގެ އާންމު މެމްބަރުންނެއް މަގުމައްޗެއް ނުވާނެ. އެ ދައްކަނީ ދޮގު ވާހަކައެއް. ކޮންއެއްޗެއް އޮޅުވާލަން އެ އުޅެނީ. އެދައްކަނީ ދޮގުވާހަކަ. އަޅުގަޑު ދައްކާ ވާހަކައަށް ފެކްޓުން ޖަވާބު ދެއްވާ. އަޅުގަޑަކީ މިހާރު ޕީޕީއެމް މީހަކަށް ނުވާތީ ޕީޕީއެމް ކަންތައްތަކެއް ނޭގޭނެއޭ. އެ ބީދައިން ވާހަކަ ނުދައްކާ. އެ ބީދައިން ވާހަކަ ނުދައްކާ. އަޅުގަޑަށް ތި ހުރިހާ އެންމެންގެ މިޒާޖާއި، އެމީހުން ކޮށްފަހުރި ކަންތައްތަކާއި، އަޅުގަޑަށް އެނގޭ. އަޅުގަޑު އަޅުގަޑުގެ އަގައިގަ އަޅާފަ މިހިރަ މަލަންގަނޑު ނައްޓާލީމަ އަޅުގަޑަށް މިހުރިހާ ވާހަކައެއް ދެއްކޭނެ. އިނގޭތޯ! އަޅުގަޑަށް މިހުރިހާ ވާހަކައެއް ދެއްކޭނެ.
ރައީސް ޔާމިން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ މަގުމަތުކުރާން އެއްވެސް މަސައްކަތެއް ކޮށްފަ ނޯންނާނެ ކަމުގައެވެ. އަދި ރައީސް ޔާމިން ވަނީ، އިންތިޚާބު ބޮއިކޮޓް ނުކުރަން ވޯޓެއް ނެގުމުގެ ކުރިން، ރައީސް ޔާމިނަށް ބައިވެރިނުވެވޭ އިންތިޚާބެއް ބޮއިކޮޓް ކުރަން ގޮވީ ކޮންބައެއްތޯ ސުވާލު ކުރައްވާފައެވެ.
ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގަ، ރައީސް ޔާމިނަށް ބައިވެރި ނުވެވޭ އިންތިޚާބެއް ބޮއިކޮޓް ކުރަން ގޮވާ އަޑު އުފުލީ މިހާރު ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގަ ތިބި މީހުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ