ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ފެށުނު ދުވަހުން ފެށިގެން، ހިންގާފައިވާ ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ބެލޭގޮތަށް ފާސްކުރި އިންތިޤާލީ އަދާލަތުގެ ބިލުން އެންމެ ފުރަތަމަ ދައުވާ އުފުލަންޖެހޭނީ ރައީސް ނަޝީދަށް ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމ ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނާއި ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ރައީސް ނަޝީދަކީ ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ޤާޟީއަކު ވަގަން ނަންގަވައި، އިންސާނީ ބޮޑު ޖަރީމާއެއް ހިންގަވާފައިވާ ބޭފުޅެއްކަމަށެވެ. މިމައްސަލަބެލޭ ގޮތަށް މިއަދު އަމިއްލަ ފުޅަށް މަޖިލީހުގައި އިންވައި ފާސްކޮށްފައިވާ ބިލުން ފުރަތަމަ ދައުވާ އުފުލަންވީ ރައީށް ނަޝީދަށް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
ރ.ނަޝީދުގެ ވެރިކަމުގައި ނިޒާމުންބޭރުން ޢަބްދުاللہ ގާޟީ ރަހީނުކޮށް އިންސާނީ ޙައްގުތަކަށް އަރައިގެންފައިވާތީ އެކަނިވެސް، އިންތިގާލީ އިންސާފުގެ ގާނޫނުގެދަށުން އެންމެ ފުރަތަމަ ދަޢުވާ އުފުލަންޖެހޭނީ ރ.ނަޝީދުގެ މައްޗަށް. އިންސާފުވެރިކަމާއެކު މިމައްސަލަ އަލުން ބަލަން ފުރުޞަތުދޭން ކެރޭނެބާ
– އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ މި ޤާނޫނަކީ ބަދަލު ހިފުމުގެ ރޫހު ނެތިކޮށް އެކުވެރި މުޖުތަމައުއެއް ގާއިމް ކުރުމަށް އުފައްދާފައިވާ ޤާނޫނެއް ކަމަށެވެ. އަދި މި ޤާނޫނުން ބެލޭ މައްސަލަތަކުގައި ކޮށްފައިވާ ކުށްތަކަށް އަމިއްލަޔަށް މަޢާފަށް ނޭދިއްޖެނަމަ ދައުވާ ކުރެވިގެންދާނޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
އިންސާފު ނުލިބިވާ މައްސަލަތައް ބެލުމުގެ ބާރު ޤާނޫނުން ލިބިދޭ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ. މި ޤާނޫނުގައި ބުނާގޮތުން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މިއޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާ ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ