ފުވައްމުލައް ސިޓީގައި ހުންނަ ޏ. އަތޮޅު ތައުލީމީ މަރުކަޒުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފަސް ބުރީގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެ މަޝްރޫއު ހަވާލު ކުރީ ޓިކް ޓެކް އިންވެސްޓްމަންޓާއެވެ. އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދެވެ. ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންޝިއަލް އޮފިސަރު އިސްމާއިލް ޒަހުރާން ޒުބައިރެވެ.
މިއީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރި މަޝްރޫއެކެވެ.
ފަސް ބުރީގެ އާ އިމާރާތުގައި ކުލާސް ރޫމްތަކާއި ލެބޯޓްރީ އާއި އޮފީސް ބައެއް ހިމެނޭއެވެ. މި މަޝްރޫއުގެ އަގަކީ 36 މިލިއަން ރުފިޔާއެވެ.
ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ ފުވައްމުލަކުގައި ހަމައެކަނި ސާނަވީ މަރުހަލާއަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.
ކޮމެންޓު ފޮނުވާ