ފިތުނައާއި ބައިބައި ކުރުމުން މޮޅު ނަތީޖާއެއް ނުނިކުންނާނެކަމަށް އަބަދުވެސް ހާމަވަމުންދާކަމަށް ވިދާޅުވި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކުރީގެ ރައީސް ޔާމިނަށް ރައްދު ދެއްވައިފިއެވެ.
ރޮގްރެސިވް ޕާޓި އޮފް މޯލްޑީވްސް (ޕީޕީއެމް)އަށް އެއްވެސް ދިރުމެއް ދޭން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާކަން ހާމަވަމުންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ރައީސް، ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ގެންދަވަނީ ހުއްޓުމެއްނެތި އެތައް ކުރިއެރުމެއް ހޯއްދަވާ ދެއްވަމުން ކަމުގައެވެ.
ގައުމު ބިނާކޮށް، އާޒަމާނަކަށް މުހިންމު ގިނަ ކަންކަން އެ ގެންދަނީ ތަންފީޒު ކުރައްވަމުން. ފިތުނަ އާއި ބައިބައި ކުރަމުން މޮޅު ނަތީޖާއެއް ނުނިކުންނާނެކަން އަބަދުވެސް ދަނީ ހާމަވަމުން.
ރައީސް މުއިއްޒު ވިދާޅުވިއެވެ.
ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިފަހަރުގެ މަޖިލީހަށް ޕީޕީއެމްގެ ނަމުގައި މެމްބަރުކަމަށް ވާދަކުރަން ރައީސް މުއިއްޒު ފުރުސަތު ދެއްވާފައި ނުވާކަމުގައެވެ.
ކޮމެންޓު ފޮނުވާ