ފުލުހުން ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ގާބިލް ބަޔަކަށް ހެދޭނެ: ރައީސް

ފުލުހުން ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ގާބިލް ބަޔަކަށް ހެދޭނެ: ރައީސް

ފުލުހުންނަށް ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތް ތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާ ކުރެވިގެންދާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައި ވަނީ ދިވެހި ފުލުހުންނާ ބައްދަލު ކުރެއްވުމަށް އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ޖަލްސާގައެވެ.

މިރަސްމިއްޔާތުގައި ރައީސް ފުލުހުންނާ މުހާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ އިމާރަތްތައް އަޅައި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ދިނުމަށްޓަކައި މަަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ފުލުހުންގެ ފަރާތުންދެވޭ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނާ ގާތުން ލޯތްބާއެކު ދެވޭ ޚިދުމަތަކަށް ހެދުމަށް އެދިވަޑައިގެންނެވިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ރޭ އިސްކަންދަރު ކޮއްޓަށް ވަޑައިގެންނެވުން ގާޑް އޮފް އޮނާއެއް އަރުވާފައިވެއެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާ ފުލުހުންނާ އާންމު މުވައްޒަފުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *