"ޝައިތާން" ގެ ދެވަނަ ބައެއް ހަދަނީ

"ޝައިތާން" ގެ ދެވަނަ ބައެއް ހަދަނީ

Author
ފާތިމަތު ނާވީ
29 މާރޗް 2024 10:28
0

މި މަހުގެ ކުރީކޮޅު ރިލީޒްކުރި ސުޕަނެޗްރަލް ތުރިލާ "ޝައިތާން" ގެ ދެވަނަ ބައެއް ހަދަން ޕްލޭންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނޭވާ ހިފަހައްޓާކަން ޖެހޭ ކަހަލަ ގިނަ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ މިދިޔަ އަހަރު "ގަނަޕަތު" ގެނެސްދިން ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މި ފިލްމް އަކީ ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި ފިލްމްގައި ދައްކުވައިދޭނީ ސިހުރާއި ހާހޫރައިގެ ސަބަބުން ދިވާ ކަންތަށްތަކެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ގެ އިތުރުން މި ފިލްމް ގެ ކާސްޓުން ދެން ފެނިގެންދާނީ އާރް މާދަވަން އެވެ. އަދި މި ފިލްމް އިން ސައުތުގެ މަޝްހޫރު ބަތަލާ އެކްޓާ ސޫރިއާގެ އަންހެނުން ޖަޔޮތިކާވެސް ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

މި ފިލްމްއަކީ މިދިޔަ އަހަރު ރިލީޒްކުރި ގުޖްރާތީ ފިލްމު "ވަޝް" އަސްލަކަށް ބަލައިގެން އުފައްދި ފިލްމްއެކެވެ. އެ ފިލްމް އެކޭ އެއްފަދައިން "ޝައިރާން" ވެސް ވަނޯ ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.