2013 ވަނަ އަހަރު "ހީރޯޕަންތީ" އިން ބޮލީވުޑްއަށް ތައާރަފް އެކްޓަރު ޓައިގާ ޝްރޮޕް ގެ ފްރެންޗައިޒް ފިލްމް "ބާގީ" ގެ 4 ވަނަ ބައިވެސް ހަދާނެކަން އިއުލާންކޮށްފި އެވެ.
މި ފިލްމު އިއުލާންކޮށްފައި ވަނީ އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން ގެނެސްދޭން ހުރި އިންޑިއާގެ އާ ކޮންޓެންޓްތައް އިއުލާންކުރަން ބޭއްވި ކުލަގަދަ އިވެންޓްގަ އެވެ. އެ އިވެންޓްގައި "ބާގީ 4″ އިއުލާންކުރި ނަމަވެސް ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާއެވެ.
ސާޖިދު އަކީ ޓައިގާ ބޮލީވުޑްއަށް ތައާރަފް ވި ފިލްމްގެ ވެސް ޕްރޮޑިއުސަރެވެ. ދެހާސް ސޯޅައިގައި "ބާގީ" ގެނެސްދިނީ ޑައިރެކްޓްކުރީ ސަބީރް ޙާނެވެ. އަދި 2018 ގައި "ބާގީ 2″ އާއި 2020 ގައި "ބާގީ 3″ ގެ ޑައިރެކްޓްކުރީ އަހުމަދު ޚާނެވެ. "ބާގީ" އާއި "ބާގީ 3″ ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. "ބާގީ 2″ ގެ ބަތަލާ އަކީ ޑިޝާ ޕަޓާނީ އެވެ.
"ހީރޯޕަންތީ" އަށް ފަހު "ބާގީ"، "ބާގީ 2″ އަދި "ބާގީ 3″ އިން އެކްޝަން ހީރޯއެއްގެ މަގާމު އިތުރަށް ވަރުގަދަކުރި އެވެ. އަދި އެއާއި އެކުގައި އެ ސިލްސިލާގެ ހަތަރުވަނަ ފިލްމް "ބާގީ 4″ އާ އެކު ރީޔޫނިއަންއަކަށް މިހާރު މި ވަނީ ތައްޔާރުވެފައިއެވެ.
އެކްޝަން ތަރިއެއްގެ ނަމުން ނަންދެވިފައިވާ ޓައިގާ ވަނީ މި ޖޯންރާގެ ފިލްމްތަކުން ފެނިފައިއެވެ. އެހެން ކަމުން އޭނާގެ ވަރަށް ތަޖުރިބާ ހުންނާނެވެ. ކުރިއަށް އޮތީވެސް އޭނާގެ ވަރުގަދަ އެކްޝަން ފިލްްމްއެކެވެ. އެއީ ޒަމާނުން ސުރެ އެކްޝަން ހީރޯގެ ނަން ދަމަހައްޓަމުން އަންނަ އަކްޝޭ ކުމާރު އާއި އެކުގައި "ބަޅޭ މިއާ ޗޯޓޭ މިއާ"އެވެ.
ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ސާޖިދު ނަދިއަދްވާލާ އާއި އޭނާގެ ލިޔުންތެރިންގެ ޓީމުން ވަނީ ބާގީ ފްރެންޗައިޒް ކުރިއަށް ގެންދިއުމުގެ ޕްލޮޓެއް އުފައްދައިފަ އެވެ. މި މައުޟޫއަކީ ފްރެންޗައިޒްގެ އަސްލު ދަމަހައްޓާނެ މައުޟޫއެއް ނަމަވެސް ޕެންޑަމިކަށްފަހު ގެނެވުނު އިހުސާސްތަކަށް ވިސްނައިގެން އާ ސްޕިންއެއް ވަނީ ލިބިފައެވެ.
އެ ޓީމްގެ ވިސްނުމަކީ ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ އެންމެ ބޮޑު އެކްޝަން ފިލްމެއް އުފެއްދުން ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ކަމުން. މި ފިލްމް އިން ވަރަށް ވަރުގަދަ އެކްޝަން ފެނިގެންދާނެ ކަމަށް ބެލެވިދާނެއެވެ.