ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހައި ރިސްކް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކުންފުނިތަކުގައި މިހާރަށްވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ މަސައްކަތުގައި ރިސްކް ހިމެނިފައިވާނަމަ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެހިގެން ދާން ޖެހޭނެ ކަމަށެވެ.
ރައީސްގެ ޖަވާބު
23 މާރިޗް 2024ރައީސުލްޖުމްހޫރިއްޔާ މިއަދު ޖަވާބުދެއްވީ، މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރެއްވި 2 ސުވާލުގެ ތެރެއިން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ ރިސްކު އެލަވަންސާ ބެހޭ ސުވާލަށް. އަނެއް ސުވާލަށް މާދަމާ ޖަވާބު ދެއްވާނެ. pic.twitter.com/RJqqzsjxI7
— Government of Maldives (@governmentmv) March 23, 2024
"މިސާލަކަށް އެމްޓީސީސީ ގެ ބަނދަރު ހެދުމުމާއި މިކަހަލަ މަސައްކަތް ތަކުގައި އުޅުއްވާ ފަރާތްތައް ތަފާތުވާނެ. އެކަހަލަ އެއްވެސް އައުޓްޑޯ މަސައްކަތެއް ނުވަތަ އެކަހަލަ ރިސްކީ ތަނެއްގަ މަސައްކަތް ނުކުރާ ކަހަލަ ކުންފުންޏެއްގެ މުވައްޒަފުންނާ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރިސްކް އެލަވަންސްގެ ކަންތައްތައް ގިނަ ބަޔަކު ޝާމިލްވާ ގޮތައް ތައާރަފްކުރައްވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ބަލާނަން ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ރަނގަޅަށް ވީހާވެސް ގިނަ ފަރާތްތަކަކަށް ހައިރިސްކް އެންވައިރަމެންޓް އެއްގައި މަސައްކަތް ކުރައްވާ މުއްއްޒަފުން އުޅޭ ކުންފުނިތަކުގައި މިހާރަށް ވުރެން މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް." ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ