"ވޯ 2″ އަށް ރިތިކް ދޭނީ 100 ދުވަސް

"ވޯ 2″ އަށް ރިތިކް ދޭނީ 100 ދުވަސް

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ″ ގެ ދެވަނަ ބައި "ވޯ 2″  ރިތިކް ރޯޝަން ދޭން ހަމަޖެހިފައި ވަނީ 100 ދުވަސް ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. 
ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވަައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި "ވޯ" ގެ ސްކްރީން ރައިޓަރު ޝްރިދާރް ރަގްވަން ވަނީ މިހާރު ފިލްމް ގެ ސްކްރިޕްޓް ނިންމައިފައިއެވެ. އަދި ބާރު ސުޕީޑުގައި ކުރިއަށް ދަނީ ޝޫޓިންގ އަށް ތައްޔާރު ވުމުގެ މަސައްކަތް ކަމަށެވެ.

ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީ އާރް ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2″ އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. އެ ފިލްމު ޑައިރެކްޓުކުރަނީ  "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީއެވެ.

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" އަކީ "އޭކް ތާ ޓައިގާ"  އާއި "ޓައިގާ ޒިންދާ ހޭ" އަށް  ފަހު ވައިއާރްއެފްގެ ތިން ވަނަ ޖާސޫސީ ފިލްމެވެ. އެކަމަކު އެ ފިލްމަކީ ކުރީގެ ޓައިގާ ފިލްމުތަކާ ސާފު ގުޅުމެއް ނެތް ސޯލޯ ފިލްމެއްގެ ގޮތުގައި އުފެއްދި  ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *