ގަލޮޅުގައި ހުރި "ސަލްމަން" ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މިހާދިސާގައި އަލިފާން ރޯވީ ކެފޭގެ ބަދިގޭގައި ހުރި ގޭސްފުޅި މަތީގައި އޮތް ތުވާއްޔެއްގައި ކަމަށެވެ. އަލިފާން ތުވާލީގައި ހިފައި ގޭސްފުޅީގެ ހޮޅި އަދާފައިވާކަމަށެވެ. މިހާދިސާގައި އެ ކެފޭގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ވަނީ ފިހިގެން ފަރުވާ ދިނުމަށް އިއިޖީއެމްއެޗަށް ގެންގޮސްފައެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 11:15 ގައި ކަމަށާއި، މިހާރު އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. މިހާދިސާ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ