"ރުސްލާން" ގެ ޓިޒާއެއް ދައްކައިލައިފި

"ރުސްލާން" ގެ ޓިޒާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
14 މާރޗް 2024 09:42
0

2018 ވަނަ އަހަރުގެ ފިލްމު "ލަވްޔާތުރީ"އިން ބޮލީވުޑް އަށް ތައާރަފްވި ޒުވާން އެކްޓަރު އާޔޫޝްގެ ފިލްމު "ރުސްލާން"ގެ ޓީޒާ އާއްމުކޮށްފިއެވެ.

އާޔޫޝް ފިލްމީ ދާއިރާއަށް ތަޢާރަފް ވުމަށްފަހު ސިނަމާއިން ފެންނާނެ ތިން ވަނަ ފިލްމު "ރުސްލާން" އަކީ ވަރަށް ވަރުގަދަ ލޯބީގެ އެކްޝަން ޑްރާމާއެކެވެ. ފިލްމުގައި އާޔޫޝް ކުޅޭ ރޯލަށް އޭނާ ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ސްރީސަތިޔާސައި އާޓްސްގެ ބެނާގެ ދަށުން ކޭކޭ ރާދަމޯހަން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަތިޔާން ޝިވްޕޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމް އެކެވެ. "ރުސްލާން" ރިލީޒްކުރަން ހަމަޖެހިފައި ވާ ތާރީހް އަދި އިއުލާނެއް ނުކުރެއެވެ.

މި ފިލްމް އިން ބޮލީވުޑްއަށް އައު ތަރި އަކު ލިބިގެން ދާނެއެވެ. އެގޮތުން ސުޝްރީ މިޝްރާ މި ފިލްމް އިން ބޮލީވުޑް އަށް ތައާރަފް ވާނެއެވެ. އިތުރުން ސައުތު ތަރި ޖަގަޕަތީ ބާބޫ އާއި "ޗަކް ދޭ އިންޑިއާ" އިން ވިދާލި ވިދްޔާ މަލަވަޑޭ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.