ސިންގަޕޫރުގެ ފުލުހުން ހިންގި ކޯހެއް ދިވެހި ދެ ފުލުހަކު ފުރިހަމަކޮށްފި

ސިންގަޕޫރުގެ ފުލުހުން ހިންގި ކޯހެއް ދިވެހި ދެ ފުލުހަކު ފުރިހަމަކޮށްފި

Author
އަހުމަދު
14 މާރޗް 2024 01:43
0

ސިންގަޕޯރ ޕޮލިސް ފޯސް އިން ހިންގި ސީނިއަރ އޮފިސަރ ބޭސިކް ކޯސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ ފުލުހަކު ފުރިހަމަކޮށްފިއެވެ.

މި ކޯސް ނިންމުމަށް މާރިޗު 11 ވަނަ ދުވަހު ސިންގަޕޯރ ޕޮލިސް ފޯސްގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ބައިވެރިވެލެއްވިއެވެ.

2023 މެއި 22 އިން ފެށިގެން 10 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ކޯސް ފުރިހަމަކޮށްފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް ޒުލްފިޤާރު އާދަމްއާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަދުނާން ޝަހީމްއެވެ.

މި ކޯހުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ ފުލުހުންގެ އިތުރުން ސިންގަޕޯރ ފުލުހުން ހިމެނޭހެން 20 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.