ބޮލީވުޑްގެ ކުޅަދާނާ އެކްޓަރު އަނޫޕަމް ކޭރް ދެވަނަ ފިލްމެއް ޑައިރެކްޓްކުރަން އިއުލާންކޮށްފި އެވެ.
މީގެ 22 އަހަރު ކުރިން އޭނާ ވަނީ ފިލްމް އެއް ޑައިރެކްޓް ކޮށްފައިއެވެ. އޭނާގެ އަލަތު ޑައިރެކްޝަނަކީ 2002 ކާމިޔާބު ފިލްމް ގެ ޑްރާމާ ފިލްމު "އޯމް ޖޭ ޖަގްދިޝް" އެވެ.
އެ ފިލްމުގެ ކާސްޓުންނަކީ އަނިލް ކަޕޫރް، އުރްމިލާ މަޓޯންޑްކަރް، އަބީޝެކް ބައްޗަން، މަހީމާ ޗައުދަރީ، ފަރުދީން ޚާން އަދި ތާރާ ޝަރުމާ އެވެ. މީގެ ރޯލެއް ކުރީގެ މަޝްހޫރު ބަތަލާ ވަހީދާ ރަހުމާން ވެސް ކުޅުނެވެ. މީ ބޮކްސް އޮފީހުގައި ވަރަށް ބޮޑޫ އާމްދަނީ އެއް ހޯދި ކާމިޔާބު ފިލްމްއެކެވެ.
އަނޫޕަމް ގެ ދެވަނަ ޑައިރެކްޝަން އަކީ "ތަންވީ ދަ ގްރޭޓް" އެވެ. ބަތަލާ ކިރަންގެ ކޭރްގެ ފިރިމީހާ، އަނޫޕަމްގެ އަމިއްލަ ފިލްމު ސްޓޫޑިއޯ އިން ޕްރޮޑިއުސް ވެސް ކުރާ މި ފިލްމުގެ ޝޫޓިން މިހާރު ވަނީ ފަށައިފައިއެވެ. އެކަމަކު "ތަންވީ ދަ ގްރޭޓް" ގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަނޫޕަމް އަކީ ކާމިޔާބު ފިލްްމް ތަކެއް ކުޅެފައިވާ ހުނަރުވެރި އެކްޓަރެކެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި "ކުޗް ކައްޓާ ހޯޖާ އޭ" އިންނެވެ.
ކޮމެންޓު ފޮނުވާ