މަޝްހޫރު ކޮމެޑިއަން ކަޕިލް ޝަރްމާ ގެ "ދަ ގްރޭޓް އިންޑިއަން ކަޕިލް ޝަރުމާ ޝޯ" މި މަހުގެ 30 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
މި ޝޯވގެ ޕްރޮމޯޝަން ތަށް މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދާއިރުގައި މިހާރު ވަނީ މީ ދައްކާ ގަޑިވެސް އިއުލާން ކޮށްފައިއެވެ. ޝޯގެ ޕްރޮމޯއެއް ވެސް އާންމުކޮށްފައިވާ އިރު، އޭގައި ބުނީ ޝޯގެ އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 7:30 ގައި ކަމަށެވެ.
ކަޕިލްގެ މުޅިން އާ ކޮމެޑީއެެއް ޝޯ ނެޓްފްލިކްސް އިން ގެނެސްދޭން ނިންމީ ސޮނީ ޓީވީން ގެނެސްދެމުން އައި "ދަ ކަޕިލް ޝަރުމާ ޝޯ" މިދިޔަ އަހަރުގެ މެދުތެރޭގައި މެދުކަނޑާލާފައި ވަނިކޮށެވެ.
ކަޕިލްއާ އެކީ ސޮނީގެ ޝޯ އިން ފެނުނު މުހިއްމު ބައިވެރިންތަކެއް ނެޓްފްލިކްސްގެ ޝޯ އިން ވެސް ފެންނާނެ އޭގެ ތެރޭގައި ކުރުޝްނާ އަބީޝެކް، ކިކޫ ޝްރަދާ، ރަޖީވް ތާކޫރް އަދި އަރްޗަނާ ޕުރާން ސިންގް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ