ބޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް "މަސްތީ" ގެ ހަތަރު ވަނަ ފިލްމު އިއުލާންކޮށްފި އެވެ.
ކުރީގެ ތިން ފިލްމުގައި ވެސް ލީޑުން ފެނިގެން ދިއަ ތިން ތަރިން ކަމުގައިވާ ރިތޭޝް ދޭޝްމުކާއި ވިވެކް އޮބެރޯއީގެ އިތުރުން އަފްތާބް ޝިވްދަސާނީއާ އެކީ ހަދަން ނިންމި "މަސްތީ 4″ ގެ ޑައިރެކްޓަރު މި ފަހަރު ވަނީ ބަދަލުވެފަ އެވެ.
ކުރީގެ ތިން ފިލްމު ޑައިރެކްޓްކުރީ އިންދަރު ކުމާރު ކަމަށް ވިޔަސް ހަތަރު ވަނަ ބައި އޭނަ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ހަދާ އިރު، ޑައިރެކްޓަރަކީ މިލަޕް މިލަން ޒަވޭރީ އެވެ.
"މަސްތީ 4″ އިއުލާންކުރި ނަމަވެސް މީގެ ބަތަލާއިންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. "މަސްތީ" 2004 ގައި ގެނެސް ދިނުމަށް ފަހު "ގްރޭންޑް މަސްތީ" ގެނެސްދިނީ 2013 ގަ އެވެ. އަދި ގްރޭންޑް ގްރޭންޑް މަސްތީ" ރިލީޒްކުރީ 2016 ގަ އެވެ.