ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަޒްލޫނާއި ނިޝާނަށް ދީފި

ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ފަޒްލޫނާއި ނިޝާނަށް ދީފި

Author
އަހުމަދު
11 މާރޗް 2024 01:45
0

ޔޫތު މިނިސްޓްރީ އާއި ރާއްޖޭގެ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތެއް ހުއްޓުވައި އެ ތަނުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަލުން ދީފިއެވެ.

ފަޒްލޫނާއި ނިޝާންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދިނީ އިއްޔެއެވެ.

އެކަމަކު، އެބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާގެ ޝަރީއަތް އަދި ނުނިމެއެވެ.

ނިޝާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ހިފެހެއްޓި އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަނބުރާ ދެއްވާފައިވާތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން އޭރު ނެރެފައިވާ ބަޔާނުގައި ބުނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީ ގޮތުން ހިފެހެއްޓީ ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ، ދައުލަތުގެ މުއްދަލަށް ގެއްލުންދީ ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެންޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް އެއްވެ ތިބި މީހުންނަށް ދައުވަތިދީ އެ އެއްވުމުގައި އިސްކޮށް އުޅުމުން ކަމަށެވެ.

ޖޫން 2021 ގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ފަޒްލޫނާއި ނިޝާން ހިމެނޭ އިރު، އެމީހުން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު، ކްރިމިނަލް ކޯޓުން ވަނީ ފަޒުލޫނާއި ނިޝާން ދޫކޮށްލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.