ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޯޓެއް އަތުލައިގެންފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި ބޯޓެއް އަތުލައިގެންފި

Author
އަހުމަދު
03 މާރޗް 2024 06:02
0

ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ އިންޑިއާގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު އަތުލައިގަތީ ހއ. ކެލާގެ އިރުއިތުރުން ގާތްގަނޑަކަށް 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ. މަސް ބޯޓު އަތުލައިގަތީ ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށުން މި ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ބޯޓުގައި އިންޑިއާގެ 10 މީހުން ތިބި ކަމަށްވެއެވެ.

އެ ބޯޓުގައި ތިބި މީހުންނާ މެދުގައި ފިޔަވަޅު އަޅާނީ މަސްވެރިކަމާ ގުޅޭ ގާނޫނުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.